ޚަބަރު

ވެކްސިން ޖެހި މީހުންގެ ތެރެއިން 2.3 އިންސައްތަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ވެކްސިން ޖެހި މީހުންގެ ތެރެއިން 2.3 އިންސައްތަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ހާމަކޮށްފިއެވެ.

Ads by MWSC

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މިވަގުތު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގް ޓީމުގައި ހިމެނި ވަޑައިގަންނަވާ ޑރ. އިބްރާހިމް ފައިސަލް ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލީގައި ފަރުވާ ދެމުން އަންނަ މީހުންގެ ތެރޭ ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ 30 މީހަކު ހިމެނޭ ކަމަށެވެ.

"މިހާތަނަށް ވެކްސިން ދިން މީހުންގެ ތެރެއިން ކޮވިޑަށް ފައްސި ވެފައިވަނީ މަދު ބައެއް. ޑރ. ޝީނާ ފޮނުވާފައިވާ ހިސާބުތަކަށް ބަލާއިރު، ފައްސިވެފައި ވަނީ 2.3 އިންސައްތަ" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ރާއްޖޭގައި މިފަހަކަށް އައިސް ކޮވިޑް-19 އަށް ފައްސިވަމުންދާ މީހުންގެ އަދަދުތައް އަންނަނީ އިންތިހާއަށް އިތުރުވަމުންނެވެ. އެގޮތުން މިއަދު ވެސް 734 މީހުން މި ބައްޔަށް ފައްސި ވެފައިވާއިރު، އިއްޔެ ވެސް ފައްސިވީ އަދަދު 600 އަށް ވުރެ މައްޗެވެ. ރާއްޖޭގައި ފައްސި ވެފައިވާ ޖުމްލަ އަދަދު މިހާރު މިވަނީ 32،665 އަށް އަރައިފައެވެ.

  1. ޔަލްމާ

    އިނޑިއާ މީހުން ފޮނުވި ފޭކް ވެކްސިން އިންޑިއާއަށް ބަރޯސާ ވެގެން އަދިވެަސް އުޅޭ