ޚަބަރު

ކޮވިޑުން ދިފާޢުވުމަށް 119،518 މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ވެކްސިން ޖަހާ ސަރަހައްދު-- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ކޮވިޑުން ރައްކާތެރިވުމަށް ވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ރާއްޖެއިން 119،518 މީހުން ފުރިހަމަ ކޮށްފިކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.

Ads by MWSC

އެގޮތުން އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި އިއްޔެ 5،278 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފައެވެ. އަދި 1،011 މީހުން އިއްޔެ ފުރަތަމަ ޑޯޒް ޖަހައިފައި ވެއެވެ.

މާލެ ސަރަޙައްދުގައި އިއްޔެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައި ވަނީ 245 މީހުންނެވެ. އަދި ދެވަނަ ޑޯޒް ޖަހައިފައި ވަނީ 597 މީހުންނެވެ. އަތޮޅުތެރެއިން އިއްޔެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައި ވަނީ 766 މީހުންނެވެ. އަދި ދެވަނަ ޑޯޒް ޖަހައިފައި ވަނީ 4،681 މީހުންނެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ދެމުން ގެންދިޔައީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.

އޭގެ ތެރެއިން އިންޑިއާއިން ހަދިޔާ ކުރި ވެކްސިންގެ ސްޓޮކް މިހާރު ހުސްވެގެން، އެ ވެކްސިން އާންމުކޮށް ޖެހުން ވަނީ މެދުކަނޑާލައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!