ޚަބަރު

ކޮވިޑް ބަލީގައި މިއަދު ނިޔާވި މީހުންގެ އަދަދު 5، މިއީ ކުޑަ ޤައުމަކާ ބަލައިފައި ބޮޑު އަދަދެއް: ޑރ. މުޙައްމަދު ޢަލީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ ފަސް މީހަކު މިއަދު ރާއްޖެއިން ނިޔާވެފައިވާ ކަމަށާއި، މިއީ ރާއްޖެ ފަދަ ކުޑަ އާބާދީއެއް ހިމެނޭ ޤައުމަކާ އަޅައިބަލާއިރު ބޮޑު އަދަދެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ޓެގް ޓީމުގައި ހިމެނި ވަޑައިގަންނަވާ ޑޮކްޓަރު، ޑރ. މުޙައްމަދު ޢަލީ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރާއްޖެއިން މިއަދު ފުރަތަމަ ނިޔާވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ، އުމުރުން 77 އަހަރުގެ އަންހެނެކެވެ.

ދެވަނައަށް ނިޔާވެފައި ވަނީ ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 88 އަހަރުގެ ފިރިހެނެކެވެ.

އޭގެ ފަހުން މަރުވެފައި ވަނީ އއ، ރަސްދޫގައި ފަރުވާ ހޯދަމުން ދިޔަ އިންޑިއާ ރައްޔިތެކެވެ. ކޮވިޑް ބަލީގައި މިއަދު ހަތަރު ވަނައަށް ނިޔާވެފައި ވަނީ އުމުރުން 97 އަހަރުގެ އަންހެނެކެވެ. އޭނާ ވެސް ނިޔާވީ ނައިފަރުގައެވެ.

ހުޅުމާލޭ ހެލްތު ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 80 އަހަރުގެ ފިރިހެނެއް ވެސް މިއަދު ވަނީ ނިޔާވެފައެވެ. އެއީ މިއަދު ރިކޯޑު ކުރެވުނު ފަސްވަނަ މަރެވެ.

މި އަދަދުތަކާއެކު ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 77އަށް އަރާފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި މިހާރު ވަނީ ފިޔަވަޅުތައް އިތުރުކޮށްފައެވެ.

Ads by HDC
  1. ނުރަބޯ

    މަރުވާ ކޮންެމެ މީހަކު ކޮވިޑަށް ޕޮޒިޓިވްވާތީ އަހަރެމެން މާ އަޖާބުވޭ. އިހަކަށްދުވަހު ގެނބިގެން މަރުވި ސިފައިންގެ މީހާވެސް އެންމެ ފަހުން ނިމުނީ ކޮވިޑް މަރަކަށް.