ޚަބަރު

ހަމަލާ ދޭން ގޮއްވާލި ސައިކަލުގައި ހަރުކޮށްފައި ހުރީ އެހެން ސައިކަލެއްގެ ނަންބަރު ޕްލޭޓެއް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރައީސް ނަޝީދަށް އަމާޒުކޮށް މާލޭގައި މިރޭ ގޮއްވާލި ޑިވައިސް ހަރުކޮށްފައިވާ ސައިކަލުގައި ހަރުކޮށްފައި ވަނީ ސައްހަ ނަންބަރު ބޯޑެއް ނޫން ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

Ads by Sosun Fihaara

"ދެން" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި AA0F P6758 މިނަންބަރު ބޯޑަކީ ޕީސީއެކް ސައިކަލެއްގެ ނަންބަރު ބޯޑެކެވެ. ނަމަވެސް ގޮއްވާލި ޑިވައިސް ހަރުކޮށްފައި ހުރި ވޭވް125 ސައިކަލުގައި މި ނަންބަރު ޕުލޭޓް ހަރުކޮށްފައިވެއެވެ،

މިހާދިސާއާ ގުޅޭ ގޮތުން މިހައިތަނަށް ފުލުހުން ބަހެއް ހާމަކޮށްފައެއް ނުވެއެވެ. ފުލުުހުން ދަނީ މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤް ކުރަމުންނެވެ.

Ads by PNC
  1. ކަރީމް

    ނަސީދައް ދިންހަމަލާއެއް ނަމަ ހިގާފަ އައި ގޯޅީގަ ސައިކު ނުބެހެއްޓީ ކީއްވެބާ.ގޮވި އިރު އެއެއްޗަކާ އެންމެ ކައިރީ ހުރެވޭނީ ބޮޑީ ގާޑައް ހެން ހީވަނީ ފޮޓޯތަކުން ފެންނަ ގޮތުން ކާރުގެ ދޮރު ހުރީ ހުޅުވާފަ.

  2. ޓެކް

    ދެން އިންޖީނު ނަމްބަރު އެއީ އިންނަ އެއްޗެއް ވެސް ނޫން ދޯ

    • ާސަރް

      ބުރޯ އިންޖީން ނަންބަރުވެސް ކަހާލެވޭނެ

      • ސާރާ

        އެ ސައިކަލް އެތަނގައި ޕާރކްކުރި ގޮއި އަދި އައިގޮތެއް ސީސީޓީވީ ކެމެރާއިން ހޯދާބަލަން އެބަޖެހޭ