ޚަބަރު

މިއީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށާއި އިޤްތިޞާދަށް ވެސް ދިން ހަމަލާއެއް: ރައީސް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ރައީސް ނަޝީދަށް ދިން ހަމަލާއަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށާއި އިޤްތިސާދަށް ވެސް ދިން ހަމަލާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ސިފަ ކުރައްވައިފިއެވެ.

Ads by MWSC

ގައުމާ މުޚާތަބް ކުރައްވަމުން ރައީސް ވިދާޅުވީ ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލަށް ގެންދެވި އެމަނިކުފާނަށް ފަރުވާ ދެމުން އަންނަ ކަމަށާއި ރައީސްއަށް ޑޮކްޓަރުން އެންމެ ފަހުން ދެއްވި މައުލޫމާތަކީ ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ ޒަހަމްތަކަށް ފަރުވާ ދިނުމަށްޓަކައި އިތުރު އޮޕަރޭޝަނެއް ކުރަމުން ދާ ކަމަށެވެ.

މީގެ އިތުުރުން ރައީސް ވިދާޅުވީ، މި ހަމަލާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތާއި ގައުމީ ދިފާއީ ބާރުން މިކަން މިހާރު ތަހުގީގު ކުރަމުން ދާ ކަމަށެވެ. އަދި މިހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށްޓަކައި ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދަމުން އަންނަ ކަމުގައި ވެސް ރައީސް ފާހަގަ ކުރެއްވިއެވެ. އެ ގޮތުން އޮސްޓްރޭލިއަން ފެޑްރަލް ޕޮލިސް މި ތަހުގީގައި ބައިވެރިވުމަށް އަންނަ ހޮނިހިރު ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މި ހަމަލާގެ ތަހުގީގު ވީހާ ވެސް އަވަހަކަށް ނިންމާ މިކަމުގައި ޝާމިލުވާ ފަރާތްތަކަށް އަދުލުއިންސާފުގެ ކުރިމައްޗަށް ގެނައުމަށް ތަހުގީގީ އިދާރާތަކަށް އަޅުގަނޑު މިހާރު އަންގައިފިން" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށާއި އިޤްތިސާދަށް ވެސް ދިން ހަމަލާއެއް ކަމަށާއި މިފަދަ ކަންކަމަަށް މިގައުމުގައި އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި އެކަން ކަށަވަރު ކުރުމަށް ޓަކައި އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް ފަސްޖެހުމެއް ނެތި އަޅުއްވާނެ ކަމުގެ ފުރިހަމަ ޔަގީން ކަން ރައީސް ވަނީ ރައްޔިތުންނަށް އަރުވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!