Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މިހާރު ކުރިއަށް ދަނީ ގޮހޮރުގެ އޮޕަރޭޝަނެއް: 6 ޖެހުމާ ހަމައަށް ކުރިއަށް ދާނެ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށް ތިން ވަނަ ސާޖަރީއެއް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ރައީސް ނަޝީދުގެ ގާތް ބޭފުޅަކާ ހަވާލާދީ އޮންލައިން ނޫސް ސީއެންއެމްގައި ބުނެފައި ވަނީ ރައީސް ނަޝީދަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށް ޓަކައި މީގެ ކުރިން ވެސް ދެ ސާޖަރީއެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ހެދި ސާޖަރީ އަކީ ބޮލަށް ލިބިފައިވާ ޒަހަމްތަކަށް ފަރުވާދިނުމަށް ހެދި ސާޖަރީއެކެވެ.

ބޮލުގެ ސާޖަރީއަށް ފަހު ރައީސް ނަޝީދަށް އިތުރު ޒަހަމުތަކެއް ލިބިފައިވާކަން ސީޓީ ސްކޭންއިން ފާހަގަ ވުމުން ފުއްޕާމެއާއި ހިތުގެ ސާޖަރީއެއް ވަނީ ހަދައިފައެވެ، އެގޮތުން ފުއްޕާމެއަށް ދެ އެތިކޮޅު ހެރިފައިވާތީ ސާޖަރީކޮށް މިހާރު އެ ގުނަވަނަށް ހެރިފައިވާ ތޫނު ދެ އެއްޗެއް ނަގައިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން މިހާރު ކުރިއަށް ދަނީ ގޮހޮރުގެ ސާޖަރީއެއް ކަމަށާއި މި ސާޖަރީ 6 ޖެހުމާ ހަމައަށް ކުރިއަށް ދާނެ ކަމަށް ސީއެންއެމުން ރިޕޯޓް ކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް