ޚަބަރު

ގޮއްވައިލި ސައިކަލުގައި ދިޔަ މީހާ ސީސީޓީވީއަށް އެރި

ޢާލިމް އަބްދުއްލަތީފް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާގައި، އެ ހަމަލާދިން މީހާ އެއްޗެއް ގޮވި ވަގުތު ދުވެފައި އެ ސަަރަހައްދުން ދިޔަ މަންޒަރު ސީސީޓީވީ ކެމެރާއަށް އަރައިފައިވާ ކަަމަށް މައުލޫމާތު ލިބިއްޖެއެވެ.

އިތުބާރު ކުރެވޭ މަސްދަރަކުން މައުލޫމާތު ދިން ކަމަށް ބުނެ، އޮންލައިން ނޫސް ވަގުތުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ މީހާ ދުވެފައި ދިޔަ މަންޒަރު ފެންނަ ވީޑިއޯއަށް ބަލާއިރު އެއީ ތުނބުޅި ލައިފައިވާ މީހެއްކަން ކަށަވަރު ކުރެވޭ ކަމަށެވެ.

އެ ނޫހުން ބުނެފައި ވަނީ ހަމަކާދިން މީހާ ދިޔައީ މަޖީދީ މަގުން ފާށަނާ ކިލެގެ މަގަށް ކަމަށެވެ، އެގޮތުން އޭނާ ދުއްވައިގަތުމަށް ފަހު މަޑުކޮށްލައި ފައިވާން އަތަށް ނަގައިގެން ދުއްވައިގަތް މަންޒަރު ކެމެރާއަށް ވަނީ އަރައިފައެވެ.

މައުލޫމާތު ދިން ފުލުހުންގެ އޮފިޝަލާ ހަވާލާދީ ވަގުތުގައި ބުނެފައި ވަނީ ސީސީޓީވީ ފޫޓޭޖް ފުލުހުންނަށް މިހާރު ލިބިފައިވާ ކަމަށެވެ. އަދި ފުލުހުންނަށް ލިބިފައި ވަނީ ކޮލެޓީ ރަނގަޅު ފުޓޭޖެއް ކަމަށާއި މިހާރު ފުލުހުންނަށް ތުހުމަތު ކުރެވޭ މީހަކު ވެސް ދެނެގަނެވިފައިވާ ކަމަށެވެ.

ރައީސް ނަޝީދަށް ހަމަލާ ދިނީ މިރޭ ނީލޯފަރުމަގުން ހިންގަވާފައި ވަޑައިގެން މަޖީދީ މަގުގައި އިތް ކާރުކޮޅަށް އަރައިވަޑައިގަންނަވަން އުޅުއްވަނިކޮށެވެ. އަދި އެ ހަމަލާގައި އެމަނިކުފާނުގެ އަރިހުގައި ތިބި ބޮޑީގާޑުންނަށް ވެސް ވަނީ އެކިވަރުގެ ޒަހަމްތައް ވެފައެވެ.މިހާރު ފަރުވާއަށް ފަހު އޭޑީކޭއިން ވަނީ ދޫކޮށްލާފައެވެ. ނަމަވެސް  ރައީސް ނަޝީދަށް އަދިވެސް އޭޑީކޭގައި ބާއްވައި ފަރުވާ ދެމުން އެބަ ގެންދެއެވެ.

  1. މިހާރު ކޮބާ ފަައިބައިފިތަ

  2. ެެމަރީ

    މިއަދު ފިލިދާނެ ބޭނުންގޮތަކައް ވާހަކަތައް ފެތުރިދާނެ ނަމަވެސްޖަވާބުދާރީވާންޖެހޭދުވަހެއްއަންނާނެކަންޔަގީން

  3. ކޮންމެ މީހަކު ކުރި ކަމުގައި ވިޔަސް ވަރަށް ދަށުދަރަޖައިގެ ފިނޑި ޢަމަލެއް މީ…

  4. އައްޔުބް

    ނީލޯރަފު މަގުގައެއް ނޫން ނީލޯފަރު ހިގުން