ޚަބަރު

ނަޝީދަށް ހަމަލާ ދިން މީހުން ހޯދޭނެ ކަމުގެ ޔަގީން ކަމެއް ނެތް : އާޒިމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިން މީހުން ހޯދޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް އެމްޑީޕީ ޕީޖީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

Ads by MWSC

އޮންލައިން ނޫހެއް ކަމަށްވާ “ސީއެންއެމް”އަށް މައުލޫމާތުދެެމުން އާޒިމް ވިދާޅުވީ މިހާތަނަށް އެކަމުގައި ތުހުމަތުކުރެވޭ އެއްވެސް ފަރާތެއް ހޯދިފައި ނުވާ ކަމަށެވެ. އަދި އެފަރާތްތައް ހޯދިދާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތްކަމަށެވެ.

އިތުރަށް އާޒިމް ވިދާޅުވީ މަރާލައިފައިވާ ޔާމީން ރަޝީދާއި ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާންގެ މައްސަލައިގައި ވެސް ތުހުމަތުކުރެވޭ މީހުން ހޯދިފައި ނުވާ ކަމަށެވެ.

މާލޭ މަޖީދީ މަގުން، ގ. ކެނެރީގޭ ކައިރީގައި ރޭ 9:00 ހާއިރު އެއްޗެއް ގޮއްވާލީ އެސަރަޙައްދުގައި އޮތް ރައީސް ނަޝީދުގެ ކާރުކޮޅަށް އެމަނިކުފާނު އަރައިވަޑައިގަންނަވަނިކޮށެވެ. އަދި މިހާދިސާގައި އަނިޔާތަކެއް ލިބުމާ ގުޅިގެން ރައީސް ނަޝީދަށް ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

މަޖީދީމަގުގައި ރޭ އެއްޗެއް ގޮއްވާލި ހާދިސާއަކީ ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއެއް ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ސިޔާސީ ފަރާތްތަކުން ދަނީ ބުނެމުންނެވެ.

Ads by HDC
  1. މަނިކު

    ނުހޯދޭނެ،ނުވެސްހޯދާނެ ހޯދުމުގެބޭނުމެއްވެސް ނެތް.ކޮބާތޯ މިސަރުކާރައް މިހާތަނައް ހޯދުނު ކަމެއް ކުރެވުނު ކަމެއް

    • ރުންުކުރު

      ދެންކަލޯ ވެރިކަމަށް އަރާބަލަ ކަންތައްކޮށްލަން

  2. އަލިފުޅުބެ

    އުއްމީދުު ކަނޑާނުލައްވާާ އެކަންް ކުރިބަޔަކުު ހޯދުމަށްް މައްސައްކަތްް ކުރައްވާާ. އިންޝާﷲފެންނާނެެ.

  3. ތުރާ

    ކަލޭ ޔޫރިން ނުދީގެން ހުކުމް ކުރީމަ ފުލުހުން ދެކެ އަންނަ ރުޅީގަ ތިހެން ކިޔަސް އަހަރުންނަށް ޔަގީން ހޯދާނެކަން. މޮޅު ވާހަކަ ނުދައްކަ ތި އޮތް ސުޕަ މެޖޯރިޓީން ހެއްކާ ބެހޭ ޤާނޫނު ވުޖޫދު ކޮށްބަލަ. އެކަން ވެސް ކުރާކަށް ނުކެރޭ ތިމާމެން ނަޓު އެޅޭނެތީ.