ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 37 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 37 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ކ.މާފުށީގައި އައިސޮލެޝަންގައި ހުރި ބަންގްލަދޭޝް ފިރިހެނެކެވެ. މިއީ ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި 81 ވަނަ މީހާއެވެ.
މި މީހާ ނިޔާވީ މިއަދު ހެނދުނު 7:50ގައި ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
މާތް ﷲ އެ މައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون