ޚަބަރު

ރައީސް ނަޝީދުގެ އޮޕަރޭޝަންތައް ކާމިޔާބު، އަދި އޮޕަރޭޝަނެއް ކުރަން ޖެހޭ: އޭޑީކޭ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ރައްވެހިފަތިސް ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/އެމްޑީޕީ

ރައީސް ނަޝީދުގެ އިތުރު ސާޖަރީއެއް ހަދަން ޖެހޭ ކަމަށް އޭޑީކޭއިން ހާމަކޮށްފިއެވެ.

Ads by MWSC

ރޭ ނިލޯފަރު މަގުގައި ދިން ހަމަލާގައި ޒަހަމްތައް ލިބިވަޑައިގެން އޭޑީކޭގައި މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާ ރައީސް ނަޝީދުގެ އޮޕަރޭޝަންތަކެއް މިހާރު ވެސް ކުރެވިފައިވާ ކަމަށާއި އެ ހުރިހާ އޮޕަރޭޝަނެއް ކާމިޔާބު ކަމުގައި ވެސް އޭޑީކޭ އިން ބުނެއެވެ.

ރައީސް ނަޝީދު 8:30 އެހާކަށް ހާއިރު ހޮސްޕިޓަލްށް ގެންދެވުނު ކަމަށާއި އެމަނިކުފާނުގެ ހަށިކޮޅަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އޭޑީކޭއިން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރައީސް ނަޝީދުގެ ތިން ސާޖަރީއެއް މިހާރު ވަނީ ކުރެވިފައެވެ.

އެންމެ ފުރަތަމަ ހެދި ސާޖަރީ އަކީ ބޮލަށް ލިބިފައިވާ ޒަހަމްތަކަށް ފަރުވާދިނުމަށް ހެދި ސާޖަރީއެކެވެ. ބޮލުގެ ސާޖަރީއަށް ފަހު ރައީސް ނަޝީދަށް އިތުރު ޒަހަމުތަކެއް ލިބިފައިވާކަން ސީޓީ ސްކޭންއިން ފާހަގަ ވުމުން ފުއްޕާމެއާއި ހިތުގެ ސާޖަރީއެއް ވަނީ ހަދާފައެވެ، އެގޮތުން ފުއްޕާމެއަށް ދެ އެތިކޮޅު ހެރިފައިވާތީ ސާޖަރީކޮށް މިހާރު އެ ގުނަވަނަށް ހެރިފައިވާ ތޫނު ދެ އެއްޗެއް ނަގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެންމެ ފަހުން ކުރެވުނު އޮޕަރޭޝަނަކީ ގޮހޮރުގެ ސާޖަރީއެއް ކަމަށް މައުލޫމާތު ލިބެއެވެ.

ރޭގެ ހާދިސާއާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު މެންދުރު 2 ޖަހާއިރު ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ވަނީ ނިންމައިފައެވެ.

Ads by HDC
  1. އަންނި

    ހާލު ސީރިއަސް އެއްނުން އެކަމަކު ހާދަ ގިނަ އޮޕަރޭޝަނެއް ތިކުރަނީ.. އަންނި ވީމަ ދޯ.. ނުވިހާ އޮޕަރޭޝަން ވެސް ކުރާތި