ޚަބަރު

މިލިޓަރީގައި ބޭނުންކުރާ މިންވަރުގެ އެއްޗެހި ބޭނުންކޮށްފައެއް ނުވޭ: ފުލުހުން

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ރައީސް ނަޝީދުއަށް ރޭ ދިން ހަމަލާގައި ބޭނުން ކުރި ބޮމުގައި މިލިޓަރީގައި ބޭނުން ކުރާ މިންވަރުގެ އެއްވެސް އެއްޗެއް ބޭނުންކޮށްފައި ނުވާ ކަމަށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.

Ads by STELCO

އިސްކަންދަރު ކޮށީގައި މިވަގުތު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ، މިލިޓަރީގައި ބޭނުން ކުރާ މިންވަރުގެ އެއްވެސް އެއްޗެއް އެ ބޮމުން ފުލުހުންނަށް ފާހަގަ ވެފައި ނެތް ނަމަވެސް މީހަކަށް ބޮޑު އަނިޔާއެއް ދޭން ބޭނުން ކުރާ ބައެއް ސާމާނު އެ ބޮމުގައި ބޭނުން ކޮށްފައިވާ ކަމަށް ފާހަގަ ކުރެވުނު ކަމަށެވެ.

މި ޕްރެސްގައި ސީޕީ ހަމީދު ވިދާޅުވީ މި މައްސަލައަކީ މިހާރު ފުލުހުން އެންމެ އިސްކަމެއް ދީގެން ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ކަމަށެވެ. މި މައްސަލައިގެ ތަހުގީގުގައި ރާއްޖޭގައި މިވަގުތު ތިބި ބޭރުގެ ފަންނީ ދެ ބޭފުޅުން ވެސް ބައިވެރިވެއެވެ. މީގެ އިތުރުން އޮސްޓްރޭލިއަން ފެޑެރަލް ޕޮލިހުންގެ ވަފުދެއް ވެސް މާދަމާ ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން ސަރަހައްދު ކަމުގައިވާ ނީލޯފަރު ހިނގުމުން އެއްވެސް ބޭފުޅަކަށް ޝައްކުވާފަދަ އެއްވެސް އަމަލެއް ނުވަތަ އެއްވެސް އެއްޗެއް ފެނިފައިވާ ނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާ ކުރުމަށް ޚާއްސަ ކޮށްފައިވާ ފުލުހުންގެ ހޮޓްލައިން ނަމްބަރު 9704000 އަށް ގުޅުއްވާ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި އެގޮތަށް ފޯރުކޮށްދޭ މައުލޫމާތުތަކުގެ ސިއްރުވެރިކަން ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ ރައްޔިތުންނަށް އަރުވައިފައެވެ.

Ads by Allied Insurance
  1. މުހައްމަދު

    ތިގޮތައް އަފުރާޝީން މަރާަލުމަާ ގުޅިގެންވެސް ނޮފޮރޮޅާ ގާގަނޑެއް ނުބާއްވާނެކަމަށް ފުލުހުން ވިދާޅުވި.އަދިވެސް ވީކަމެއް ކޮބާ! ތިކަމުންވެސް އެއްވެސް އަލިމަގެއް ދެއްކޭނެ ކަމަކަށް ނުފެނޭ. ވާނޭކަމަކީ ހަމަ ފޮނިކަނޑާފަ މީހުނަށް އުދަގޫކުރުނ.