ޚަބަރު

ކަރަންޓީން މުއްދަތު އަނެއްކާވެސް 14 ދުވަހަށް އިތުރުކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކޮވިޑް-19ގެ ކަރަންޓީންގެ މުއްދަތު އަނެއްކާވެސް 14 ދުވަހަށް އިތުރު ކޮށްފިއެވެ.

Ads by MWSC

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަރަންޓީން މުއްދަތު އިތުރުކޮށް ކުރި އިއުލާންގައި ވަނީ މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން، ދަތުރުފަތުރާ ގުޅިގެން ކަރަންޓީނުކުރާ ފަރާތްތައް 14 (ސާދަ) ދުވަހުގެ މުއްދަތަށް ކަރަންޓީނު ވާން ޖެހޭނެ ކަމަށެވެ.

ދަތުރުފަތުރާ ގުޅިގެން މިހާރު ކަރަންޓީން ކުރަނީ 10 ދުވަހަށެވެ. މިހާރު ކަރަންޓީނުގެ 14 ދުވަސް ފުރިހަމަ ކުރަން ޖެހެނީ އިންޑިއާއިން ރާއްޖެއަށް އަންނަ މީހުން އެކަންޏެވެ.

އެޗްޕީއޭގެ އިޢުލާނުގައި އިތުރަށް ބުނެފައި ވަނީ އެ ފިޔަވަޅަށް އަމަލު ކުރުމަށް އެންމެހާ އިދާރާތަކަށާއި ފަރާތްތަކަށް އަންގާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އިންތިހާ ދަރަޖައަަށް މައްޗަށް ދިއުމާ ގުޅިގެން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!