ޚަބަރު

އިތުރު ފަރުވާއަށް ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ގެންދަނީ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް އިތުުރު ފަރުވާ ހޯއްދެއްވުމަށާއި އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް އެމަނިކުފާނު ރާއްޖެއިން ބޭރަށް ގެންދަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ގެންދަން ނިންމާފައިވަނީ ގިނަ ސާޖަރީތަކެއް ހައްދަވަން ޖެހުމާއެކު އެމަނިކުފާނުގެ އެތެރެހައްޓަށް ވެސް ބައެއް ޒަހަމުތައް ލިބިފައިވާތީ އިތުރަަށް ބަލަން ޖެހޭ ކަންކަން ބެލުމަށެވެ. އަދި މައުލޫމާތު ލިބޭ ގޮތުގައި އެމަނިކުފާނު ގެންދަން ހަމަޖެހިފައިވަނީ ސިންގަޕޫރަށެވެ.

މިކަމާ ގުޅިގެން ރަސްމީ އިދާރާއެއްގެ ބަހެއް ލިބިފައެއް ނުވެއެވެ. ރައީސް ނަޝީދުގެ ހަތަރު ސާޖަރީއެއް މިހާރު ނިމިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ރައީސް ނަޝީދުގެ އޮޕަރޭޝަންތައް ކާމިޔާބު ކަމަށާއި، ދެން އޮތީ ރަނގަޅު ވުމަށް އޮތް ދިގު ރާސްތާ ކަމަށް ރައީސް ނަޝީދުގެ ކޮއްކޮ އުސްތާޒް ނާޒިމް ސައްތާރު ވަނީ ވިދާޅުވެފައެވެ.

ރޭގެ ހަމަލާގައި ފަސް މީހަކަށް އަނިޔާވި އެވެ. އެއީ ސިފައިންގެ ތިން އޮފިސަރުންނާއި ދިވެއްސަކާއި ބިދޭސީ އެކެވެ.

Ads by HDC
  1. ފަޡުހީ

    މިކޮޅުގެ ސިނަމާތަކުން ތި ފިލްމު ބަލާނެ މާގިނަ ބަޔަކުނުވިދޯ. ބޭރު ގައުމެއްގަ އަޅުވައިގެންވެސް ބަލާނެ ބަޔަކުވޭތޯބަލާ އަޅުވައިގެންވެސްބބަލބ ބަޔަކުހޯދޭތޯބަލާބބ

  2. މަހާ

    ރައީސް ނަޟީދަށް ޢަވަސް ޟިފާއަކަށް އެދެން