ޚަބަރު

ޤުރްއާން ކްލާސްތަކާއި ޓިއުޝަން ސެންޓަރުތައް ވެސް ވަގުތީ ގޮތުން ބަންދުކުރަން އަންގައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޤުރްއާން ކްލާސްތަކާއި ޓިއުޝަން ސެންޓަރުތަކާއި، ޑޭ ކެރާ ސެންޓަރުތައް ވެސް ވަގުތީ ގޮތުން ބަންދުކުރަން އަންގައިފިއެވެ.

Ads by STELCO

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވި އެންގުމެއްގައި ވިދާޅުވެފައި ވަނީ 1 މޭ 7 ވަނަ ދުވަހުން ފެށިގެން ވަކި ގޮތެއް އަންގަންދެން، މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިމާލެ) ގައި އަންނަނިވި ފިޔަވަޅުތައް އެޅުމަށް އަންގަވާ ކަމަށެވެ.

1 .ޓިއުޝަން ސެންޓަރުތަކާއި، ގޭގެއާއި އެހެނިހެން ގޮތްގޮތުން ހިންގާ ޓިއުޝަން ކުލާސްތަކާއި، ޤުރްއާން ކުލާސްތަކުގައި ކިޔަވައި ދިނުން ހުއްޓައިލުން.
2 .ޑޭކެއަރ ސެންޓަރުތަކުން ދެމުންގެންދާ އެންމެހައި ޚިދުމަތްތައް ދިނުން ހުއްޓައިލުން

ރާއްޖޭގައި އަނެއްކާ ވެސް ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުންދާއިރު އިއްޔެ ވެސް 703 މީހުން ރާއްޖެއިން މިބައްޔަށް ފައްސިވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ރާއްޖެއިން މިހާތަނަށް 33،368 މީހުން ވަނީ މި ބައްޔަށް ފައްސިވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!