ރިޕޯޓް

އިންޓެލިޖެންސް މައުލޫމާތެއް ލިބިފައެއް ނުވޭ، ކުޑަކުޑަ ވާހަކައެއް ނޫން!

މުޙައްމަދު އަރީޙް ، ދެން އޮންލައިން

ދަ ސަނީ ސައިޑް އޮފް ލައިފްއޭ ބުނެވޭ މި ދިވެހިރާއްޖޭގައި ސަނީ ނޫން ، ލަދުވެތި އާދައެއް ، ތާރީޚެއް އެބަވެއެވެ. އެއީ ރާއްޖޭގެ އެންމެ އިސްމަގާމުތައް އަދާ ކުރައްވާ ބޭފުޅުންނަށް މި ގައުމުން ދޭ ހުތުރު އިއްޒަތެވެ. އާންމުން ނެރެ ކުރީގެ ވެރީންނަށް ހަޑިހުތުރު އެއްޗެހި ގޮވުމުން ފެށިގެން ޖަލަށް ލުމާއި ހަވަރަށް ދިނުމާއި ހައްޓަށް ގެއްލުން ދިނުން މިއީ ވެރީންގެ ހަޔާތުގައި ބަރުދާސްތު ކުރަން ޖެހިފައި ހުރި ކަންކަމެވެ.

މި ލަދުވެތި ތާރީޚުގައި އަނެއްކާ ވެސް އިތުރު ހާދިސާއެއް މި ވަނީ ހިނގާފައެވެ. ރާއްޖެއަށް އިޞްލާޙީ ބަދަލުތައް ގެނައުމުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ، ރައީސް މުޙައްމަދު ނަޝީދު ކުރުނބާ މޯލްޑިވްސްގައި ބާއްވަން އޮތް ބައްދަލުވުމަކަށް ވަޑައިގަތުމަށް ޓަކައި ގެއިން ނިކުންނަވައި ކާރަށް އެރުއްވުމުގެ ކުރީން ކާރުގެ ކައިރީގައި ހުރި ސައިކަލެއް ގޮއްވާލައި ރައީސް ނަޝީދަށާއި އެ މަނިކުފާނުގެ ސެކިޔުރިޓީންނަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ.

މި ހަމަލާގައި ރައީސް ނަޝީދަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ހަތަރު އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި ބޮލާއި ފުއްޕާމޭގެ ސާޖަރީއެއް ހަދައިފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އަދި އިތުރު ފަރުވާއަށާއި އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ރައީސް ނަޝީދު ސިންގަޕޫރަށް ގެންދިޔުމުގެ މަސައްކަތް މިހާރު އެބަ ކުރެއެވެ.

ސިޔާސީ ފިކުރެއްގެ ތަފާތެއް ނެތި އެންމެން ވެސް ޤަބޫލު ކުރާ ހަމައަކީ އެއްވެސް މީހަކަށް ހަމަލާ ދެވިގެން ނުވާނެ ކަމެވެ. ލާއިންސާނީ އަނިޔާތަކުން އެންމެންނަށްމެ ރައްކާތެރިކަން ލިބެން ޖެހޭނެ ކަމެވެ. މިކަން ކަށަވަރު ކުރުމުގެ ޒިންމާ އޮތީ ދިވެހި ދައުލަތުގެ ސަލާމަތީ ބާރުތަކުގައެވެ. ސިފައިންނާއި ފުލުހުންގެ ކޮނޑުފުޅުގައެވެ. ދައުލަތުގެ މަސްޢޫލުވެރީންނަކީ ނުވަތަ ރައްޔިތުންގެ ޙައްޤުތަކަށް އަމާނާތްތެރިވާން ތިއްބެވި ބޭކަލުންނަކީ ދައުލަތުގެ ވެރީންކަމުގައި ވީހިނދު އެ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަލާމަތީ ބާރުތަކުން ވަކީން ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމެކެވެ.

މިކަމަށް ޓަކައި ސަލާމަތީ ބާރުތަކުގައި އިންޓެލިޖެންސް ޔުނިޓްތައް ގާއިމް ކުރެވިފައިވެއެވެ. އެ ޔުނިޓްތަކުގެ ޤާބިލްކަން އިތުރުކުރުމަށް ދައުލަތުން ބޮޑު ޚަރަދުތަކެއްކޮށް ތަމްރީނާއި ތަޖުރިބާ ހޯދައިދީފައި ވެއެވެ. ރާއްޖޭގައި ބާއްވާ އިންތިޚާބުތަކުގެ އަންދާސީ ނަތީޖާތައް ރަށްރަށް ވަކީން އެކިޔުރޭޓްކޮށް ނަގައިލުމުގެ ޤާބިލްކަން ވެސް އެ ފަރާތްތަކުގައި ވެއެވެ. އެހައި ވަރަށް ވެސް މުޅި ރާއްޖޭގައި އެ ބޭފުޅުންގެ މަސައްކަތް ފުޅާ ކޮށްފައި ވެއެވެ. ނަމަވެސް ރައީސް ނަޝީދަށް ކުރިމަތިވި ނިރުބަވެރި ހަމަލާގެ އެއްވެސް މައުލޫމާތެއް ފުލުހުންގެ އިންޓެލްއަށް ލިބިފައި ނެތް ކަމީ ލަދުވެތި ކަމެކެވެ. ފުލުހުންގެ އިސްވެރިޔާގެ ފެއިލްވުމެކެވެ. އަމުދުން ރައީސް ނަޝީދަށް މަރުގެ އިންޒާރުތައް ލިބެމުންދިޔަ ހިނދު ވެސް އެ މަނިކުފާނަށް ދީފައިވާ ސެކިޔުރިޓީގެ މިންވަރާއި ފެންވަރާ މެދު ސުވާލު އުފެއްދޭ ކަމެކެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ އިޢުތިރާފުން މިއަދު ފެނިގެން އެ ދިޔައީ ތިމަން މަނިކުފާނު ފެއިލްވެއްޖެކަމެވެ.  ދައުލަތުގެ ވެރީން ހިމާޔަތްކޮށްދިނުމާއި ރައްކާތެރި ކޮށްދިނުމުގައި ތިމަން މަނިކުފާނަށް އިހްމާލް ވެވިއްޖެ ކަމެވެ.

ތެދެކެވެ. އިންޓެލްއަށް އެ މައުލޫމާތު ނުލިބުނީ ކީއްވެތޯއާއި އެކަން އެ މަގުން ނުހިނގި ސަބަބު ބަލާން ޖެހެއެވެ. ނަމަވެސް ތިޔަ އިހުމާލުގައި ރޯނާކޮށްލީ ދައުލަތުގެ ވެރިއެކެވެ. ރައްޔިތުންގެ އިދާރާގެ ވެރިޔާއެވެ. މިއީކީ ކުޑަކުޑަ ކަމެއް ނޫނެވެ. ލޯންޗު ގޮއްވައި ސައިކަލް ގޮއްވައި މީހުންގެ ފުރާނައަށް ގެއްލުން ދިނުމަކީ އެއްވެސް އިރެއްގައި ޖޯކެއް ނޫންކަން ޖޯކް ޖަހާ މީހުންނަށާއި އެންމެންނަށް ވެސް މިއަދުގެ ހަގީގަތް އެ ބުނެދިނީއެވެ. އިންޓެލް ނުލިބެއޭ ވިދާޅުވެ ދައުލަތުގެ ވެރީން ހިމާޔަތް ނުކުރެވުމަކީ އާދައިގެ ކަމެއް ނޫނެވެ. ކުރީގެ ހާދިސާގައި ސަލާމަތީ ބާރުތަކުގެ އޮފިޝަލުންގެ ބައިވެރިވުން އޮތް ކަމަށް ތަހުގީގުތަކުން ފެންނަން އޮތް އިރު ރޭގެ ހަމަލައާ މެދު އުފެދޭ ސުވާލުތައް ބައިވަރެވެ. ފަރުދީ ޒިންމާ އުފުލަން ޖެހިވަޑައިގަންނަވާނެއެވެ.

Ads by HDC
  1. ޢަލަމް

    އޯ ޕްލީސް ދައުލަތުގެ ވެރިންގެ ސެކިއުރިޓީ ބަލަހައްޓަނީ ޑިފެންސްފޯސް އިންކަމުގައި ދަންނަވަން. ޢެހެންކަމުން ފެއިލްވެރފައި ވަނީ ކޮން އިންޓެލިޖެންސްއެއްކަން ސާފުނުވާހެން ހީވޭ ލިޔުންކޮޅުން.

  2. ކުޑޭ

    އިންޓެލިޖެންސަކީ ދުނިޔޭގަ ހިނގާނެ ހުރިހާ ކަމެއް އެނގޭނެ ބައެއް ނޫން. މިއީ ޙަޤިޤަތް

  3. އިންޓެލް

    އާރޓިކަލް ލިޔުނު މީހާ ވ.މޮޅު.. އިންޓެލް އައް އިނގޭކައް ނުވެސްޖެހޭ.. ނުވެސް ހޯދާނަން.. ކެެކެ

  4. މުކި

    ބަލާއެއް ހުވާ.. ހިތުން ވަރަށް ސްމާޓްވެގެން މާއެނގޭ ބަޔަކަށްވެގަނެގެން މި ދިވެހިންގަނޑު އުޅުނީ.. ބަލަ ބަޔަކު ވަގަށް ކުރާ ހުރިހާކަމެއް އިންޓެލް އަށް ހިޓްވޭތަ މޮޔާންތަކާ.. އިނދެގެން އުޅޭ އަނބިމީހާ އެހެންމީހެއް ކައިރިއަށް ވަންނައިރު ފިރިމީހާއަށް ނޭގޭ.. މި ވަރަށް ވާހަކަ…