ދުނިޔެ

ފަސް އަހަރުގެ ދަރިފުޅު އިންޑިއާގައި، މައިންބަފައިން އޮސްޓްރޭލިއާގައި ދަރިފުޅު ގެނެވޭނެ ގޮތެއް ނެތިފައި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޑިއާގެ ކޮވިޑް-19ގެ ހާލަތު ދެރަވުމުގެ ސަބަބުން، އުމުރުން 5 އަހަރުގެ ކުޑަ އަންހެން ކުއްޖަކު އޭނާގެ މައިންބަފައިންނާ ދުރުގައި ހުންނަން ޖެހިއްޖެއެވެ.

Ads by Sosun Fihaara

އޮސްޓްރޭލިއާގައި ދިރިއުޅެމުންދިޔަ ޖޮހާނާ ނަމަކަށް ކިޔާ އެ ކުއްޖާ ކެރަލާއަށް ދިޔައީ އޭނަގެ މާމަމެންނާ ބައްދަލު ކޮށްލާށެވެ. އޭނަގެ ބައްޕަ ދިލިން، އޮސްޓްރޭލިއާގެ ސެނޭޓް ކޮމިޓީއަކަށް މައުލޫމާތު ދެމުން ބުނީ، އެ މީހުންގެ ހަގު ދަރި ޖޮހާނާ އޭނާއަށް އެންމެ ފަހުން ފެނިފައި ވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފަހުކޮޅު ކަމަށެވެެ.

އިންޑިއާގައި ކޮވިޑް-19 ފެތުރި، ބޯޑަރުތައް ބަންދު ކުރީ ޖޮހާނާ އޭނަގެ މާމަމެންނާ އެކު އުޅެނިކޮށެވެ.

ޖޮހާނާގެ މައިންބަފައިން ، އޭނާ އޮސްޓްރޭލިއާއަށް އަނބުރާ ގެނެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އުމުރުން 14 އަހަރު ނުފުރޭ ކުޑަކުދިން ފްލައިޓުގައި އެކަނި ދަތުރުކުރަން ހުއްދަ ނުދެވޭނެކަމަށް އިންޑިއާ ސަރުކާރުން ވަނީ ބުނެފައެވެ.

ދިލިން އާއި ދްރިސްޔާ ބުނި ގޮތުގައި އެމީހުން އިންޑިއާއަށް ޖޮހާނާ ފޮނުވީ އެމީހުންގެ ތިމާގެ ކުއްޖަކާ އެކުގައެވެ. ނަމަވެސް އެ މީހާ ވަނީ ކޮވިޑް ބަލީގައި މަރުވެފައެވެ. އަދި ޖުހާނާގެ މާމައާއި ކާފައަށް އޭނާ ގޮވައިގެން ދަތުރުކުރެވޭ ވަަރަށް ވުރެ އެ މީހުން މުސްކުޅި ކަމަށް ވެސް ބުނެފައިވެއެވެ.

ދިލިން ބުނީ އޭނާއާއި އޭނަގެ އަންހެނުން އިންޑިއާއަށް ނުދާން އުޅެނީ، އެ މީހުން ގޮސްފިނަމަ އަނބުރާ އަންނަން އެމީހުންނަށް ވެސް އުނދަގޫވާނެތީ ކަމަށެވެ.

ދިލިން ވަނީ ކުޑަކުދިންނަށް ފްލައިޓުގައި އެކަނި އާދެވޭނެ ގޮތް ހަދައިދިނުމަށް އޮސްޓްރޭލިއަން ސެނޭޓް ކޮމިޓީގައި އެދިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!