Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އިނގިރޭސިވިލާތަށް އެތެރެވާ ދިވެހިން 10 ދުވަހަށް ކަރަންޓީނު ވާންޖެހޭ

އިނގިރޭސިވިލާތަށް އެތެރެވާ ދިވެހިން 10 ދުވަހަށް ކަރަންޓީނު ވާންޖެހޭ
ކޮވިޑްގެ ނުރައްކާތެރި ހާލަތާ ގުޅިގެން އިނގިރޭސިވިލާތަށް އެތެރެވާ ދިވެހިން 10 ދުވަހަށް ކަރަންޓީނު ވާންޖެހޭނެކަމަށް އެ ޤައުމުން ނިންމައިފިއެވެ. އިނގިރޭސި ސަރުކާރާ ހަވާލާދީ ފޮރިން މިނިސްޓްރީން ވިދާޅުވީ މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، މިކަމާ ގުޅިގެން އިނގިރޭސިވިލާތުގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އެޤައުމުން "ރެޑް-ލިސްޓު" ކުރާ ޤައުމުތަކުން އެޤައުމަށް އެތެރެވުން އަންނަނީ މަނާކުރަމުންނެވެ. އެ ގޮތުން، އިނގިރޭސިވިލާތަށް އެތެރެވުން މަނާ ޤައުމުތަކުގެ ލިސްޓުގައި 12 މެއި 2021 ވާ ބުދަ ދުވަހުގެ ފަތިހު 04:00 އިން ފެށިގެން ރާއްޖެ ހިމެނުމަށް އެޤައުމުން ނިންމާފައިވާކަމަށެވެ. މިނިންމުމުގެ ސަބަބުން އަންނަނިވި ފަރާތްތައް ފިޔަވައި އެހެން ފަރާތަކުން އިނގިރޭސިވިލާތަށް އެތެރެވުމުގެ 10 ދުވަސް ކުރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވާ ނަމަ ނުވަތަ ރާއްޖޭގައި ޓްރާންސިޓް ކޮށްފައިވާ ނަމަ، އިނގިރޭސިވިލާތަށް އެތެރެވުން މަނާވާނެއެވެ.
  1. އިނގިރޭސިވިލާތާއި އަޔަލެންޑުގެ ރައްޔިތުން
  2. އިނގިރޭސިވިލާތުގެ ރައްވެހިކަމުގެ ޙައްޤު ލިބިފައިވާ ފަރާތްތައް
އިނގިރޭސިވިލާތަށް އެތެރެވުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން އެޤައުމަށް އެތެރެވުމުގެ 10 ދުވަސް ކުރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ނަމަ ނުވަތަ ޓްރާންސިޓް ކޮށްފައިވާ ނަމަ، އެޤައުމަށް އެތެރެވުމަށް ފަހު އެ ޤައުމުގެ ސަރުކާރުން ކަނޑައަޅާ މަރުކަޒެއްގައި 10 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަން ޖެހޭނެ ކަމަށާއި ކަރަންޓީނުގެ 2 ވަނަ ދުވަހާއި 8 ވަނަ ދުވަހު ކޯވިޑް ޓެސްޓް ހަދަން ޖެހޭނެ ކަމަށް ވެސް އެ ޤައުމުން ވަނީ އަންގައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް