ރިޕޯޓް

މަންމަ އާއި ބައްޕައަށް ރައީސް ނަޝީދު ދެއްވީ ހިތްވަރު، ވިދާޅުވީ "މަ ރަނގަޅޭ"!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ސައިކަލެއް ގޮއްވާލައި ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިނުމުން ގިނަ ދިވެހީންނަކަށް ލިބުނީ ބޮޑު "ޝޮކެކެވެ". އެ ޝޮކުގެ މަތީގައި ދިވެހި ރައްޔިތުން ތިބި އިރު އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން ފާއިތުވެދިޔަ ގާތްގަނޑަކަށް ސާޅީހަކަށް ގަޑިއިރު ހޭދަ ކުރެއްވީ ހިތްދަތި ކަމާއެކުގައެވެ.

Ads by MWSC

އެމަނިކުފާނުގެ ހަށިކޮޅުގެ އެކިތަންތަނަށް ރޭޒާ ފުއްތަކެއް ވަދެ ލިބުނު ފުން ޒަހަމުތަކުން ފުރާނަ ސަލާމަތް ކުރުމަށް ގިނަ ސާޖަރީތަކެއް ހަދަން ޖެހުނެވެ. އަދި އެ ސާޖަރީތަކަށް ފަހު މިއަދު ހެނދުނާ ހަމައަަށް އެމަނިކުފާނު އޮންނެވީ ވެންޓިލޭޓަރުގައެވެ.

އެމަނިކުފާނު ވެންޓިލޭޓަރުން ނެގުމާއެކު އެމަނިކުފާނާ އެންމެ ފުރަތަމަ ބައްދަލު ކުރެއްވީ މަންމާފުޅު އާބިދާ މުހައްމަދާއި ބައްޕާފުޅު އަބްދުއްސައްތާރެވެ. އެމަނިކުފާނުގެ ހާލުކޮޅު ފެނިވަޑައިގެން އަދި އެމަނިކުފާނަށް ލިބިވަޑައިގެން އަނިޔާތަކާ ގުޅިގެން އެންމެ ހިތްދަތިވެފައި ތިބޭނީ އެ ދެބޭދުޅުންކަން ރައީސް ނަޝީދަށް އެނގިވަޑައިގަތުމުން އެންމެ ފުރަތަމަ ވެސް މަންމާފުޅާއި ބައްޕާފުޅަށް ދެއްވީ ހިތްވަރެވެ. އެމަނިކުފާނު ހޮސްޕިޓަލުން އެނބުރި ވަޑައިގަންނަވާނީ މާ ވަރުގަދަ ކޮށް ކަމަށް ވިދާޅުވިއެވެ.

މަންމާފުޅާއި ބައްޕާފުޅުގެ ގާތުގައި އެމަނިކުފާނު ވިދާޅުވީ "މަ ރަނގަޅޭ" މިހެންނެވެ.

 

އެމަނިކުފާނުގެ ކޮއްކޯފުޅު ނާޝިދާ އަބްދުއްސައްތާރު ވިދާޅުވީ ރިކަވަރީއާ މެދު ޑޮކްޓަރުން ތިއްބެވީ ވަރަށް ހިތްހަމަ ޖެހިފައ ކަމަށާއި ވެންޓިލޭޓަރުގެ އެހީއާ ނުލައި އަމިއްލަފުޅަށް އެމަނިކުފާނު ނޭވާ ލައްވަމުން ގެންދަވާ ކަމަށެވެ. އަދި އެމަނިކުފާނާ ވާހަކަ ދެކެވުނު ކަމަށާއި މާ ވަރުގަދަކޮށް އެނބުރި އަންނާނެ ކަމުގެ ޔަގީންކަން ދެއްވި ކަމުގައި ނާޝިދާ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި އައިއީޑީ ގޮއްވާލީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ހުރި ސައިކަލެއްގެ މަޑިދަށުގައި ބާއްވައިގެންނެވެ. މެއި ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނުގެ ގެކޮޅު ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމުން އެމަނިކުފާނު ހިންގަވާފައި މަޖީދީ މަގުގައި އޮތް ކާރުކޮޅާ ހަމައަށް ވަޑައިގަންނަވަނިކޮށެވެ. އެއީ ގާތްގަނޑަކަށް 8:27ހާއިރު ކަމަށާއި އެމަނިކުފާނަށް ލިބުނު ޒަަހަމްތަކާއެކު ބިންމައްޗަށް ވެއްޓިވަޑައިގަތީ ކަމުގައި އެމްއެންޑީއެފުން ވިދާޅުވިއެވެ. އަދި ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީންނަށް ވެސް ވަނީ އަނިޔާވެފައެވެ.

އާއިލާއިން ބުނާ ގޮތުގައި އެމަނިކުފާނުގެ ހާލުކޮޅު މިހާރު ސްޓޭބަލްއެވެ އަދި ދެން އޮތީ ރިކަވަރީ ކަމަށެވެ.

  1. ކަބީލާ

    ނަޝީދުގެ ބައްޕް އަދި މަންމައަކީ ގަވައިދުން ނަމާދުކުރާ ނަމޫނާ ބޭފުޅުން. އެހެނަސް، ނަޝީދަކީ ވަރަށް ނުރައްކާތެރި އަިދ ފިތުނަވެރި އަދި ގައުމުގެ ސެކުރިޓީއަށް ބޮޑު ތެރެޓެއް! މިކަންކަން ވިސްނާމީހަކަށް ފެންނާނެ! އެހެނަސް ނަޝީދަށް އަނިޔާކުރެވިގެނަ ނުވާނެ! އަވަސް ޝިފާއަކަށް އެދެން