ޚަބަރު

ދެކުނު އޭޝިއާގެ ޤައުމުތަކުން ވަޒީފާ އަދާކުރަން ރާއްޖެއަށް މީހުން އައުން މަނާ ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: ދި އެޑިޝަން

ކޮވިޑް-19 ގެ ހާލަތު ގޯސްވެ، ބަލި ފެތުރުން އިތުރުވެފައިވާތީ، އެ ސަރަހައްދުތަކުގެ ޤައުމުތަކުން މީހުން ވަޒީފާ އަދާކުރަން ރާއްޖެ އައުން މަނާ ކޮށްފިއެވެ.

Ads by Sosun Fihaara

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވި އެންގުމެއްގައި ވިދާޅުވެފައިވަނީ 2021 މޭ 9 ވަނަ ދުވަހުން ފެށިގެން، ވަކިގޮތެއް އަންގަންދެން، އަންނަނިވި ފިޔަވަޅުތައް އެޅުމަށް އަންގަވައި ކަމަށެވެ.

1 .ދެކުނު އޭޝިއާގެ ޤައުމުތަކާއި ސަރަޙައްދުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން، މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުން.

2 .ދެކުނު އޭޝިއާގެ ޤައުމުތަކާއި ސަރަޙައްދުތަކުން ވާރކްޕާރމިޓް ހޯލްޑަރުން ދިވެހިރާއްޖެއަށް އެތެރެވުން ހުއްޓައިލުން.

ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދިޔުމާ ގުޅިގެން މީގެ ކުރިން އެޗްޕީއޭ އިން ވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކާއި ހޮޓާތަކަށް ދިޔުން މަނާ ކޮށްފައެވެ. އަދި އެގައުމުތަކުން އަންނަ ވޯކް ޕާމިޓް ހޯލްޑަރުން 14 ދުވަހަށް ކަރަންޓީނުވާން ވެސް ވަނީ އަންގައިފައެވެ.

Ads by Ooredoo
  1. ލާމް

    ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުވުން އެދެނީ