ދެން ރެސިޕީ | އޮރެންޖު ކޭކް
ބޭނުންވާ ތަކެތި:
300 ގ. ފުށް
250 ގ. ހަކުރު
4 ބިސް
300 ގ. މާޖިރިން
2 ސައި ސަމްސާ ބޭކިން ޕައުޑަރ
2 މޭޒުމަތީ ސަމްސާ ހިކިކިރު
1 ސައި ސަމްސާ ވެނީލާ އެސެންސް
2 އޮރެންޖް (ދިޔަ ފެލާފައި)
1 އޮރެންޖުގެ ތޮށި (ގާނާފައި)
ތައްޔާރުކުރާނެ ގޮތް:
ހަކުރު، ބިސް އަދި މާޖިރިން ރަނގަޅަށް ގިރާ އެއްކުރުމަށްފަހު އޮރެންޖުގެ ދިޔަ އަދި އޮރެންޖުގެ ތޮށި އަދި އެސެންސް އެޅުމަށްފަހު މަޑުމަޑުން އެއްކޮށްލާށެވެ.
ދެން ފުށްކޮޅު ބޭކިންޕައުޑަރާ އެކު ފުރާނާލުމަށް ފަހު ކުރިން ގިރި މިކްސްގެ ތެރެއަށް އަޅާލުމަށް ފަހު އެއްކޮށްލާށެވެ.
150 ޑިގްރީ ސެލްސިއަސްގައި އަވަން ހޫނުކުރުމަށް ފަހު ކޭކް ފިހެލާށެވެ. ފިހެވުނުތޯ ބެލުމަށް ކޭކުގެ މެދަށް ޓޫތްޕިކެއް ހަރާލުމަށް ފަހު އޭގައި ނުހޭކޭނަމަ އެހެރީ ފިހެވިފައެވެ.
Ads by HDC