ކޮވިޑް-19ގެ މަރެއް، ޖުމްލަ އަދަދު 84 އަށް

ކޮވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެ، ޖުމްލަ އަދަދު 84އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ނިޔާވެފައި ވަނީ އުމުރުން 51 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އޭނާ އައިޖީއެމްއެޗް އެމަރޖެންސީއަށް ގެނެސްފައި ވަނީ ފަތިހު 4:45 ގައި ކަމަށާއި ނިޔާވެފައި ވަނީ 5:46 ގައި ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
ފަހަކަށް އައިސް ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ފާއިތުވެދިޔަ 48 ގަޑިއިރު ތެރޭގައި ރާއްޖެއިން 9 މީހުން ނިޔާވެފައި ވެއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި، ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިފަދަ ހިތްދަތި ވަގުތެއްގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون