ޚަބަރު

ނަޝީދަށް ހަމަލާ ދޭން ބޭނުން ކުރި ފަދަ އައިއީޑީ ހަދަން ބޭނުންވާ ސާމާނު އޮންލައިންކޮށް ވެސް ގަންނަން ލިބޭ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދޭން ބޭނުން ކުރި ބާވަތުގެ އައިއީޑީ ހަދަން ބޭނުންކުރާ ބައެއް ސާމާނު އޮންލައިންކޮށް ގަންނަން ލިބެން ހުންނަ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އެ އައިއީޑީގެ ބައިތައް ދައްކާލާފައެވެ.

“އަޅުގަނޑުމެން ބެލި ބެލުމުގައި މީތި ހަދަން ބޭނުންކުރެވިފަ ހުރީ އާންމުކޮށް ވެސް އޮންލައިކޮށް ގަނެވެން ހުރި އެއްޗެހި” ރިޔާޒް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ހަމަލާ ދޭން އެއްޗެއް ގޮއްވައިލީ އެ މަނިކުފާނު އުޅުއްވާ ގ.ކެނެރީގެއިން ނުކުމެ ކާރާ ދިމާއަށް ވަޑައިގަންނަވަނިކޮށް ކާރާ ވަރަށް ކައިރިންނެވެ. މި ހަމަލައިގައި އިތުރު ހަތަރު މީހަކު ވެސް ޒަހަމްވިއެވެ.

ނިރުބަވެރި މި ހަމަލައިގައި ރައީސް ނަޝީދަށް ވަނީ ގިނަ ޒަޚަމްތަކެއް ވެފައެވެ. އެ މަނިކުފާނަށް ފަރުވާ ދޭ އޭޑީކޭ ހޮސްޕިޓަލުން ބުނެފައި ވަނީ 16 ގަޑިއިރު ތެރޭ އެމަނިކުފާނުގެ 4 އޮޕަރޭޝަނެއް ކުރަން ޖެހުނު ކަމަށެވެ. އަދި ކާމިޔާބު އޮޕަރޭޝަންތަކަކަށް ފަހު ރައީސް ނަޝީދުގެ ހާލުކޮޅު މިހާރު ރަނގަޅު ކަމަށާއި އެމަނިކުފާނުގެ ބޮލާއި އަތާއި ފައިގެ މަސްގަނޑުގެ، އަދި ފުރަމެ އާއި ބަނޑުގެ ސާޖަރީއެއް ހަދައިފައިވާ ކަމަށް ވެސް އޭޑީކޭއިން މައުލޫމާތު ދެއްވިއެވެ.

  1. އެނގޭ

    އައި.އީ.ޑީ ގަންނަން ލިބެޔެކޭ ނުބުނޭ ބުނީ އޭގަހުރި ކަހަލަ �ރިމޯޓް ލިބެޔޭ.

  2. ތޫރަ

    ދޮގު ޚަބަރު ނުފަތުރާ. ވ.ރަނގަޅަށް ބަލާފަ ތި ލިޔާއެއްޗެށް ލިޔޭ.