ޚަބަރު

ހައްޔަރު ކުރި ތިން މީހުން ވެސް ބުނަނީ ހަމަލާއާ ގުޅުމެއް ނެތް ކަމަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކޮށް ދިން ހަމަލާއާ ގުޅިގެން ހައްޔަރު ކުރެވުނު 3 މީހުން ވެސް އެކަމަށް ކޯޓުގައި މިއަދު އިންކާރު ކޮށްފިއެވެ.

Ads by MWSC

އެ މައްސަލައިގައި ހައްުޔަރު ކުރީ ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވީ ކަމަށް ތުހުމަތު ކުރެވޭ ވ.ތިނަދޫ، ހިޔާ އަދުހަމް އަހުމަދު ރަޝީދާއި އެ ކަމުގައި ބައިވެރިވި ކަމަށް ތުހުމަތުވާ މއ.ފޭރުގޭ، މުޖާޒް އަހްމަދާއި ގއ.ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދެވެ. ހައްޔަރު ކުރި މީހުންގެ ތެރެއިން ތަހުމީނަކީ ގޮއްވައިލި ސައިކަލުގެ ވެރިފަރާތްކަމަށް ބުނާ މީހާއެވެ.

މިއަދު ކްރިމިނަލް ކޯޓުން ވަނީ މި ތިން މީހުންގެ 15 ދުވަހު ބަންދުގައި ބައިތިއްބަން ނިންމާފައެވެ.

މި ތިން މީހުންގެ ބަންދުގެ މުއްދަތު ޖަހަން މިއަދު ކޯޓުން ނެރުނު އަމުރުތަކުގައިވާ ގޮތުން ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބުނެވޭ އަދުހަމަަށް ވާހަކަ ދައްކަން ފުރުސަތު ދިނުމުން އެކަމުގައި އޭނާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް ވަނީ ބުނެފައެވެ. އަދި އެހެން ބުނުމަށް ފަހު އިތުރަށް ދައްކާނެ ވާހަކައެއް ނެތްކަމުގައި އޭނާ ބުންޏެވެ. އަދި ބޮން ގޮއްވާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މުޖާޒްގެ ވާހަކަތައް ވެސް ހުރީ މި މޭރުމުންނެވެ.

ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި ތަހުމީން ވަނީ އެއީ އޭނާގެ ސައިކަލެއް ނޫން ކަމަށް ބުނެފައެވެ އަދި އޭނާގެ ނަމުގައި އެ ސައިކަލު ރަޖިސްޓްރީ ކޮށްފައި ނުވާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އެހެން ނަމަވެސް މައްސަލައިގައ ފުލުހުން ހުށަހެޅި ލިޔުންތަކާ ބަލާއިރު އެ ސައިކަލުގެ ރަޖިސްޓްރީ ކޮށްފައިވަނީ އޭނާގެ ނަމުގައިކަން އެނގޭ ކަމުގައި އެ އަމުރުގައިވެއެވެ.

މި ތިން މީހުންގެ މައްޗަށް ވެސް ކުރަނީ ޓެރަރިޒަމްގެ ތުހުމަތެވެ. ގާޒީ އާދަމް މުހައްމަދު ނެރުއްވި އެ އަމުރުގައި ވާ ގޮތުން ފުލުހުން ހުށަހެޅި ހެކިތަކަށް ބަލާއިރު އެމީހުންގެ މައްޗަށް ތުހުމަތެއް ކުރެވޭ ވަރަށް ހެކި އެބަހުއްޓެވެ.

ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ރިޔާޒު ވިދާޅުވީ މި ތިން މީހުންނަކީ ވެސް ކުށުގެ ރިކޯޑް އޮތް ބައެއް ކަމަށެވެ. އެގޮތުން މި ތިން މީހުންގެ ތެރެއިން މުޖާޒް އާއި ތަހުމީންގެ އޮތީ ކޮންކަހަލަ ކުށުގެ ރިކޯޑެއް ކަމެއް ހާމަ ނުކުރާއިރު ރިޔާޒް ވިދާޅުވީ އަދުހަމްގެ އާންމު ކުށްތަކުގެ ރިކޯޑް އެބައޮތް ކަމަށެވެ.

Ads by Ooredoo
  1. ޮަަައަހަރެން

    މަރާލާ އެހުރިހާމީހުން

    • ބޮއްޅަބެ

      މަރަން ހުކުމްކުރަން ކަލޭތީކާކު؟