ޚަބަރު

ކޮވިޑް-19: ގައްދޫއަށް އަރައި ފޭބުން މަނާކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ގދ.ގައްދޫ

ކޮވިޑް-19 އަށް ޓެސްޓު ކުރި ދެ ސާމްޕަލެއް ފައްސިވުމުން ގދ. ގައްދޫ މޮނީޓަރިންގަށް ލައިފިއެވެ.

Ads by STELCO

ގައްދޫ ކައުންސިލު މެމްބަރ "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ރަށުން ނެގި ސާމްޕަލްތަކަކުން ދެ މީހަކު ފައްސި ވެފައިވާތީ މިރޭގެ 8:20 ހާއިރު އެ ރަށް މޮނީޓަރިންގަށް ލާފައިވާ ކަމަށެވެ.

"ދެން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގައްދޫއިން ފައްސިވީ މީހުންގެ ތެރޭގައި ސްކޫލް ދަރިވަރެއް ވެސް ހިމެނެއެވެ.

ގައްދޫއިން ފައްސި ކޭސްތަކެއް ފެނުމާއެކު އެ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ރާއްޖޭގައި އަނެއްކާ ވެސް ކޮވިޑް-19އަށް ފައްސިވާ އަދަދު ވަރަށް ބޮޑަށް އިތުރެވެ.އެގޮތުން އިއްޔެ 590 މީހުން މި ބައްޔަށް ފައްސިވެފައިވެއެވެ. އެ އަދަދާއެކު މިހާރު ރާއްޖެއިން މި ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިވަނީ 34،724 އަށް އަރާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!