ރަައީސް ޞާލިހުގެ މަންމާފުޅު ކޮވިޑް-19އަށް ފައްސިވެއްޖެ
![](https://dhen.mv/wp-content/uploads/2021/05/B0070FEB-7AF3-4B9B-95C8-D89BC4AB413E.jpeg)
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މަންމާފުޅު ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
އެ ކަމަނާ ކޮވިޑް-19އަށް ފައްސިވެ ފަރުވާ ހޯއްދަވަމުން ގެންދަވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11ގައެވެ.
އެކަމަނާ ފައްސިވެފައިވާ ކަން ކަށަވަރު ވީ ނަމަވެސް އެކަމަނާގެ ހާލުކޮޅެއް އަދި އެނގިފައެއް ނުވެއެވެ.
މީގެ ދުވަސްކޮޅެއް ކުރިން ރައީސް ޞާލިހުގެ އަނބިކަނބަލުން މެޑަމް ފަޒްނާ ވެސް ވަނީ ކޮވިޑް-19އަށް ފައްސިވެ ފަރުވާ ހޯއްދަވާފައެވެ. ނަމަވެސް އެކަމަނާ މިހާރު ވަނީ ބަލިން ފަސޭހަ ވެފައެވެ.