ކޮވިޑް-19 ޖެހިގެން ރާއްޖެއިން 85 ވަނަ މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން 85 ވަނަ މީހަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ނިޔާވެފައި ވަނީ އުމުރުން 75 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެ އަންހެން މީހާއަކީ އައިޖީއެމްއެޗްގެ އެމަޖެންސީ ގައި ފަރުވާ ހޯދަމުން އައި މީހެއް ކަމަށާއި އޭނާ ނިޔާވީ ފަތިހު 4:00 ގައި ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.
ފަހަކަށް އައިސް ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އަދި ކޮވިޑަށް ފައްސިވާ އަދަދު ވެސް އެތައް ގުނައެއް އިތުރެވެ. ކޮވިޑް-19 އަށް އިއްޔެ އެކަނި ވެސް 1091 މީހަކު ފައްސިވެފައި އެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި، ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިފަދަ ހިތްދަތި ވަގުތެއްގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون