ރެސިޕީ

ދެން ރެސިޕީ | ކެރެޓް ކޭކް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

550ގ ހަކުރު

Ads by Sosun Fihaara

1 ސަމްސާ ލޮނު

450ގ ފުށް

2 ސަމްސާ ފޮނިތޮށި ޕައުޑަރ

1 ސަމްސާ ބޭކިންގ ޕައުޑަރ

1 ސަމްސާ ބޭކިންގ ސޮޑާ

7 ބިސް

400މލ ކުކިންގ އޮއިލް

500ގ ކެރެޓް ގާނާފައި

1 ޖޯޑު ކަނަމަދު

ތައްޔާރުކުރާނެ ގޮތް:

ފުށާއި ބޭކިންގ ޕައުޑަރ،ބޭކިނގް ސޮޑާ،ލޮނު އަދި ފޮނިތޮށި ފުރޭންޏަކުން ފުރައިނާލާށެވެ. ދެން މިކްސްޗަރަށް ބިސް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. ދެން ތެޔޮފޮދު ވެސް އަޅައިލުމަށް ފަހު ބާރު ސްޕީޑްގައި 3 މިނެޓްވަންދެން ގިރާލާށެވެ. ދެން ހަކުރު އެޅުމަށްފަހު އަނެއްކާ ގިރާލުމަށް ފަހު މަދުމަދުން ފުށް އަޅަމުން އެއްކުރަމުންދާށެވެ. ރަނގަޅަށް އެއްކުރެވުނީމަ ކެރެޓާއި ކަނަމަދު އެޅުމަށް ފަހު ރަގަޅަށް އެއްކޮށްލުމަށް ފަހު ޓްރޭގައި ބަޓަރ ހާކާލުމަށް ފަހު އަޅާލާށެވެ. ދެން އަވަަނަށް ލުމަށް ފަހު 170 ޑިގްރީގައި ކޭކްގެ މައްޗަށް މުށިކުލަ އަރަންދެން ފިހެލާށެވެ.

ނޯޓް: މިކޭކް ފިހެވުމުމުން އިތުރަށް ރަހަމީރު ކޮށްލުމަށް ޓަކައި، ބަޓަރ، ކްރީމްޗީޒް ތައްޓަކަށް އެޅުމަށް ފަހު ހޭންޑްމިކްސަރ އިން ގިރާލުމަށް ފަހު ވެނީލާ އެސެންސް އަދި ފުނޑާފައި ހުރި ހަކުރު އެއްކޮށް ފައި މިކްސް ކުރުމަށް ފަހު ކޭކްމަތީގައި މިލޭޔާ އަޅާލާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!