ދެން ރެސިޕީ | ޗިކަން ނަގެޓްސް

ޗިކަން ނަގެޓްސް އަކީ ގިނަ ބަޔަކަށް ވަރަށް މީރު އެއްޗެކެވެ. ހާއްސަކޮށް ކުޑަކުދިންނަށް ޗިކެން ނަގެޓްސް ވަރަށް ކަމުދާނެއެވެ. މިއީ ފިހާރައިން ގަތުމުގެ ބަދަލުގައި ގޭގައި ޗިކެން ނަގެޓްސް ތައްޔާރު ކޮށްލާނެ ގޮތެވެ.
ބޭނުންވާ ތަކެތި:
- 1/2 ޖޯޑު ފުށް
- 1 ސައިސަމުސާ ލޮނުމެދު ގާނާފައި
- 1 ސައިސަމުސާ ލޮނު
- 1/4 ސަމުސާ އަސޭމިރުސް
- 2 ޗިކަން ބްރެސްޓް
- 1 ޖޯޑު ޕާން ކުނޑި
- 1 ބިސް
- 1 ޖޯޑު ތެޔޮ
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ޗިކަން ބްރެސްޓް ކިއުބް ކޮށް ކޮށާލާށެވެ. ދެން ފުށާއި ލޮނުމެދު ލޮނު އަދި އަސޭމިރުސް އެއްކޮށްލާށެވެ. އަދި ޕާން ކުނޑި އާއި ލޮނާއި އަސޭމިރުސް އެއްކޮށްލާށެވެ. އަދި ބިސްކޮޅު ތަށްޓެއްގައި ގިރާލާށެވެ. ދެން ކުކުޅު ކޮޅު ފުށް ކޮޅާއި އެއްކޮށްލާށެވެ. އެއަށްފަހު ބިހުގެ ތެރެއަށް ލުމަށް ފަހު ޕާން ކުނޑީގެ ތެރެއަށް ލާށެވެ. ހުރިހާ ކުކުޅު ކޮޅެއްގައިވެސް މިހެން ހަދައިލާށެވެ. އެއަށްފަހު ކުކުޅު ކޮޅު މަޑު ބްރައުން ކުލަ އެއް އަރަންދެން ތެލުލާށެވެ. އޭރުން އެހުރީ ޗިކަން ނަގެޓްސް ތައްޔާރު ވެފައެވެ.