މަރަކަށް ފަހު މަރެއް ، ކޮވިޑް ޖެހިގެން މިއަދުގެ ތިންވަނަ މަރު

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން ދުވަސްވީ ފިރިހެނަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ކޮވިޑް-19 އަށް ފައްސި ވެފައިވާ އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ކ. މާފުށިން ނިޔާވެފައިވާ ކަމަށެވެ.
އެ މީހާ ނިޔާވެފައި ވަނީ މިއަދު ހެނދުނު 9:45 ގައި ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.
މިއީ ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހުންގެ ތެރެއިން މިއަދު ނިޔާވި ތިންވަނަ މީހާއެވެ. އަދި ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި 87 ވަނަ މީހާއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައު ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިދަ ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون