ރެސިޕީ

ދެން ރެސިޕީ | ޗޮކްލެޓް މައިލޯ ކޭކް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

2/1 ޖޯޑް ކޮކޯ ޕައުޑާ

Ads by Sosun Fihaara

2/1 ޖޯޑް މައިލޯ

2/1 ލާހި ފުށް

1 ޖޯޑް ހަކުރު

1 ސައިސަމްސާ ބޭކިންގ ޕައުޑަރ

1 ޖޯޑް ހިކި ކިރު

1 ސައިސަމްސާ ވެނީލާ އެސެންސް

3 ބިސް

4/1 ޖޯޑް ތެޔޮ

ފުލްކްރީމް މިލްކް ޕެކެޓް އެއް

ބަޓަރ

ތައްޔާރުކުރާނެ ގޮތް:

ބިސް، ހަކުރު،އެސެންސް އަދި ތެޔޮ، 3/1 ޖޯޑް ފުލްކްރީމް މިލްކް އަޅައިގެން މިކްސްސަރ އިން މުގުރާލާށެވެ. ދެން، ފުށް، ކޮކޯ ޕައުޑަރ، މައިލޯ، ބޭކިންގ ޕައުޑަރ އަދި ކިރު އެއްކޮށްލުމަށް ފަހު، މިކްސްސަރ އިން މުގުރި ތަކެތި އަޅަމުން އެކުލަވާށެވެ. ކޭކް މިކްސް ހިކި ނަމަ ކުޑަކޮށް ދިޔާވާވަރަށް ފުލްކްރީމް މިލްކް އަޅާލާށެވެ. ދެން، ޓްރޭ ހޫނު ކުރުމަށްފަހު، ބަޓަރ ހާކައި އެއަށް ކޭކް މިކްސް އަޅާލުމަށްފަހު އަވަނުން ކޭކް ފިހެލުމަށްފަހު މައްޗަށް މައިލޯ ކޮޅެއް ބުރުވާލާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!