މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުން ހުއްޓައިލައިފި
އެއް ހަފްތާއަށް މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުން ހުއްޓައިލައިފިއެވެ.
ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދިޔުމާ ގުޅިގެން ބަލި ކޮންޓްރޯލު ކުރުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަޅަން ނިންމާފައިވާ ފިޔަވަޅު ތަކުގެ ތެރޭގައި ބުނެފައި ވަނީ 12 މެއި އިން 18 މެއިގެ ނިޔަލަށް މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށެވެ.
ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް މާލޭ ސަރަޙައްދުގައި، މި މުއްދަތުގެ ތެރޭގައި އިތުރު ފިޔަވަޅު ތަކެއް އެޅުމަށް ވެސް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. އެގޮތުން މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު 04:00 އިން ފަތިހު 4:00 އާ ދެމެދު ބޭރަށް ނިކުމެ އުޅުން މަނާ ކުރުމަށް ވަނީ ނިންމާފައެވެ.
އޭގެ އިތުރުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުއިން ހުއްޓާލުން (ޑެލިވަރީ އަދި ޓޭކްއަވޭ ޚިދުމަތް ދެވޭނެ) އަދި ޕޮލިސް ޕަރމިޓާއެކު މެންދަަމު 12 އާއި ހަމަޔަށް ޑެލިވަރީ ޚިދުމަތުގެ ފުރުޞަތު ދިނުމަށް ވަނީ ނިންމާފައެވެ.
އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ މި ގައިޑްލައިންއާ ޚިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރެވޭނެ ކަމަށެވެ. އަދި 13 މެއި އިން ފެށިގެން ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
ޙމމމ އެހެނު ވާނީ މިސްކިތަކުން ވިއްޔާ ކޮވިޑް ޖެހެނީ.. އެހެންވިމަ ފުރަތަމަވެސް މިސްކިތެއްނު ބަންދު ކުރަންޖެހޭނީ.. މި މީހުން ބާއްވަ މަޖިލީސްތަކާ ޕާޓީ އާ ވޯޓު ލާ ތަންތަނުން ނުޖެހޭނެ ނު ދޯ.. ސޭފް ޒޯން ވިއްޔާ އެއި.. މިސްކިތުން ފެތުރުނީ.. ރަނގަޅެއްނު…