އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ބުނާ މީހުންގެ ލިސްޓެއް ލީކު ކޮށްލައިފި

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ މީހުންގެ ލިސްޓެއް ލީކު ކޮށްލައިފިއެވެ.
މި ލިސްޓްގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްއާއި އެމްޑީޕީ އަދި ޖޭޕީއަށް ނިސްބަތްވާ ގިނަ މެމްބަރުންނާއި އޭރުގެ ބައެއް މިނިސްޓަރުން ވެސް ހިމެނެއެވެ.
މީގެ އިތުރުން މި ލިސްޓުގައި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާއި ގާނޫނީ ބޭފުޅުންގެ އިތުރުން މީޑިއާގެ ބައެއް ބޭފުޅުންނާއި ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރިވެރިންނާއި ވިޔަފާރި ކުންްފުނިތަކުގެ އިތުރުން އާންމުން ވެސް ހިމެނެއެވެ.
މި ބޮޑު ޚިޔާނާތުގައި ފައިސާ ލިބުނު ކަމަށް ބުނާ މީހުންގެ ލިސްޓު މިހާރު މީސްމީޑިއާގައި ވެސް ވަނީ އާންމު ވެފައެވެ. އެހެންނަމަވެސް ރައްޔިތުން މަޖިލީހުގެ މިހާރު މި މައްސަލަ ބަލާ ކޮމިޓީން ބޭފުޅަކު ވިދާޅުވާ ގޮތުގައި، ލީކު ވެގެން އުޅޭ ލިސްޓާއި އެބޭފުޅުންގެ އަތުގައި އޮތް ލިސްޓާ ތަފާތު ކަމަށެވެ. އެގޮތުން ލީކު ވެގެން އުޅޭ ލިސްޓުގައި ޚިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ ފޮޓޯ ހިމަނައިފައި ވާއިރު، މަޖިލީހަށް ލިބިފައިވާ ލިސްޓުގައި އެއިން އެއްވެސް ބޭފުޅެއްގެ ފޮޓޯ ނުހިމެނޭ ކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން މި ލިސްޓަކީ އެސެސްޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލައިފައިވާ ލިސްޓެކެވެ.
ސާބަހޭ ރައްޔިތުންނޭ މި އޮތީވާ ކަމެއް ބަންގާޅީންނަށް ދަންދެން ފައިސާ ބަހާ ހުސްކޮށްފަ އެމީހުން ނާޖާއިސު މުއްސަދި ކޮށްފަ