ދުނިޔެ

އުމުރުން 11 އަހަރުގެ ހަމްޒާ: ޝަހީދުވީ ވަރަށް ވެސް ރީތި ހިނިތުންވުމަކާއެކު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަދު މީސް މީޑިއާ ފުރާލި އެއް ފޮޓޯއަކީ އިޒްރޭލުގު ނުބައި ޔަހޫދީ ސިފައިންގެ ހަމަލާއިން ދުނިޔެ ދޫކުރި، ފަލަސްތީނަށް ނިސްނަތްވާ އުމުރުން އެންމެ 11 އަހަރުުގެ ޙަމްޒާ ނަސީރް، ޝަހީދުވެފައި އޮތް ފޮޓޯއެވެ.

Ads by Sosun Fihaara

އެ ފޮޓޯއިން ގިނަ ބައެއްގެ ލޮލުގައި އެންމެ އަޅައިގަތީ ޝަހީދުވެފައި އޮތް އިރު ވަރަށް ރީތި ހިނިތުންވުމެއްގައި ހަމްޒާ އޮތް މަންޒަރެވެ. އޭނާއަށް ލިބިފައިވާ މަތިވެރި ޝަރަފު އެ ކުޑަ ކުއްޖާއަށް އެނގިފައިވާ ފަދައެވެ.

ހަމްޒާއަކީ އިޒްރޭލުން ދީފައިވާ ވައިގެ ހަމަލާގެ ސަބަބުން ޣައްޒާއިން މިހާތަނަށް ޝަހީދުވި 14 ކުޑަ ކުދިންގެ ތެރެއިން އެއް ކުއްޖެކެވެ.

މި ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ސަވާބު ހޯދުމަށް ފަލަސްތީނު މުސްލިމުން އަޅުކަން ކުރަމުން ދަނިކޮށް، އިޒްރޭލުން ވަނީ އެކަން ހުއްޓުވަން މަސައްކަތް ކޮށްފައެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު މުސްލިމުން ހުކުރަށް ތިއްބައި އެ ނުބައި ޔަހޫދީން ވަނީ ޤުދުސްގައި ހުންނަ އަލްމަސްޖިދުލް އަޤްސާގައި އަޅުކަން ކުރަން ތިބި މުސްލިމުންނަށް ހަމަލާދީ އެތައް ބަޔަކު ޒަޚަމް ކޮށްލާފައެވެ.

މުސްލިމުންގެ އެންމެ މުޤައްދިސް ބިންތަކުގެ ތެރެއިން ތިންވަނައަށް ހިމެނިގެންވާ އަލްއަޤްސާއަށް އިޒްރޭލު ސިފައިން ވަނީ ރޭޑުކޮށް، އެ މިސްކިތްތަކުގެ ހުރުމަތް ކަނޑައިލައި އެތައް ގެއްލުންތަކެއް ވެސް ދީފައެވެ.

މިހަމަލާތަކާ ގުޅިގެން އިޒްރޭލު ސިފައިންނާއި ފަލަސްތީނު ރައްޔިތުންނާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގައިފައެވެ. އަދި އިޒްރޭލުން އެ ދިން ހަމަލާގެ ސަބަބުން ހަމާސް ޖަމާޢަތުން ވަނީ އިޒްރޭލަށް އަމާޒުކޮށް ރޮކެޓުތަކެއް ފޮނުވާފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އޭގެ ފަހުން ރޭގ ވެސް އިޒްރޭލުން ވަނީ ގާޒާއަށް ވައިގެ ހަމަލާތަކެއް ދީ، ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ޝަހީދުކޮށްލާ، ޒަޚަމް ވެސް ކޮށްލައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!