Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޚިޔާނާތުގެ ލިސްޓްގައި އެމްޑީޕީގެ މިހާރުގެ 4 މެމްބަރަކާއި ކުރީގެ މެންބަރެއް

ޚިޔާނާތުގެ ލިސްޓްގައި އެމްޑީޕީގެ މިހާރުގެ 4 މެމްބަރަކާއި ކުރީގެ މެންބަރެއް
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ބޮޑު ހިޔާނާތުން މަންފާވި ބޭފުޅުންގެ ތެރޭގައި 18 ވަނަ މަޖިލީހުގައި އެމްޑީޕީ ތަމްސީލް ކުރެއްވި މެންބަރަކާއި މިދައުރުގެ ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރައްވާ 4 ބޭފުޅުން ހިމެނިއްޖެއެވެ. އެމްއެމްޕީއާރސީގެ ޚިޔާނާތް ތަޙްޤީޤްކޮށް އެސެޓް ރިކަވަރީ ކޮމިޝަނުން އުފެއްދި ރިޕޯޓް، ރައްޔިތުންގެ މަޖިލީހުގެ ހިޔާނާތް ބަލައި އެކަން ދިރާސާ ކުރަމުންދާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން ވަނީ އިއްޔެ އާއްމުކޮށްފައެވެ. މި ރިޕޯޓްގައި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލް ކުރައްވަމުން ގެންދަވާ 4 މެންބަރެއްގެ ނަން ވަނީ ހިމަނާފައެވެ. އެއީ؛
  • މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
  • މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
  • ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ
  • މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު
މިފަރާތްތަކަށް ލިބުނު ފައިސާގެ އަދަދުތައް ބުނާ ލިސްޓެއް ވެސް ވަނީ  ލީކްވެފައެވެ. ލީކް ވެފައިވާ ލިސްޓްގައިވާ ގޮތުން އިބްރާހިމް ޝަރީފަށް ޚިޔާނާތުގެ 88.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެއެވެ. އަދި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްއަށް 1 މިލިޔަން ރުފިޔާ، އީސަ އަށް 50،000 ރުފިޔާ އަދި ނަސީރުއަށް ތިން ލައްކަ ރުފިޔާ ލިބުނު ކަަމަށް ތުހުމަތު ކުރެއެވެ. މީގެ އިތުރުން މިހާރު އައްޑޫ ސިޓީގެ އިންތިޚާބީ މޭޔަރު އަދި ކުރީގެ މަޖިލިސް މެމްބަރު އަލީ ނިޒާރުގެ ނަން ވެސް މި ލިސްޓްގައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް