ޚަބަރު

މިހާރު ބުނަނީ ދެވަނަ ޑޯޒް 16 ހަފްތާއަށް ލަސް ކުރެވޭނެ ކަމަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަމުންދާ ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ފުރަތަމަ ޑޯޒް ޖަހާތާ 16 ހަފްތާ ފަހުން ޖެހޭނެ ކަމަށް ނިންމައިފިއެވެ.

Ads by STELCO

ރޭ އެއީއޯސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ރައީސް އޮފީހުގެ ތަރުޖަމަނު މަބްރޫކް އަޒީޒް ވިދާޅުވީ، ވެކްސިންގެ ދެވަނަ ޑޯޒް 16 ހަފްތާއަށް ދިގު ދަމާލެވޭނެ ކަމަށް ޓެގް ޓީމުން ނިންމާފައިވާ ކަމަށެވެ. އަދި މި ނިންމުން ނިންމާފައިވަނީ ބޭރުގެ ބައެއް ޤައުމުތަކުން ކަން ކުރަމުންދާ ގޮތަށް ބަލާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކެނެޑާ އަދި ސްޕެއިން ފަދަ ޤައުމުތަކުގައި ވެސް ދެވަނަ ޑޯޒް ޖެހުން 16 ހަފްތާ އަށް ލަސް ކުރާ ކަމަށެވެ.

މަބްރޫކް މިހެން ވިދާޅުވެފައިވަނީ ކޮވިޝީލްޑް ވެކްސިން ސްޓޮކް މަދުވެ، ވެކްސިން ޖެހުން މެދުކަނޑައިލާފައިވާ ދަނޑިވަޅެއްގައެވެ. ގިނަ ބަޔަކު ދަނީ ވެކްސިންގެ ދެވަނަ ޑޯޒެއް ޖެހޭނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ.

ޓެގް ޓީމުން ކުރީން ނިންމައިފައި އޮތީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާ ފަހުން ޖަހާ ގޮތަށެވެ. އަދި 12 ހަފްތާ ކުރީން ޖަހަން ޖެހޭނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، ވެކްސިންގެ އިތުރު ސްޓޮކް ލިބޭތޯ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަވައްޓެރި ޤައުމުތަކުން ވެކްސިންގެ ސްޓޮކް ލިބޭތޯ ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ރާއްޖޭގައި މިހާތަނަށް ޖަހާފައި ވަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ދިން ކޮވިޝީލްޑް 2 ލައްކަ ވެކްސިން ޑޯޒްއެވެ. އަދި މިހާރު ފައިޒާ ވެކްސިންނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފޯމް ވެކްސިން ވެސް ދަނީ ޖަހަމުންނެވެ.

Ads by Allied Insurance
  1. ޢަލީ

    ސިނޮފާމް ޖެހިތާ 7 މޭ އަށް 1 މަސްވީ އަދި ދެވަނަ ޑޯޒް ޖެހޭނެ ދުވަހެއް ނޭގޭ

  2. ލިބުނު ދުވަހަކުން ޖެހޭނެ.