ކޮވިޑް ބަލީގައި މިއަދު ދެ މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން އެ ބަލީގައި ރާއްޖެއިން މިއަދު ދެ މީހަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ނިޔާވެފައި ވަނީ އުމުރުން އެއީ 86 އަހަރުގެ ފިރިހެނަކާއި 64 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މި ދެމީހުން ވެސް ނިޔާވެފައި ވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ. އެގޮތުން 86 އަހަރުގެ ފިރިހެން މީހާ ނިޔާވިކަމަށް ކަނޑައަޅާފައި ވަނީ ރޭ ދަންވަރު 2:24 ގައެވެ. އަދި 64 އަހަރުގެ މީހާ ނިޔާވެފައި ވަނީ މިއަދު ހެނދުނު 6:30 ގައި ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.
ފަހަކަށް އައިސް ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އަދި ކޮވިޑަށް ފައްސިވާމީހުން ވެސް އެތައް ގުނައަކުން އިތުރެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި، ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون