މިއަދުގެ 3 ވަނަ މަރު، މިފަހަރު ނިޔާވީ 86 އަހަރުގެ އަންހެނެއް

ކޮވިޑް ޖެހިގެން އެ ބަލީގައި މިއަދު 3 ވަނަ މީހަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ނިޔާވެފައި ވަނީ އުމުރުން އެއީ 86 އަހަރުގެ އަންހެނެއް ކަމަށެވެ. އޭނާ ނިޔާވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
މިއީ ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި 90 ވަނަ މީހާއެވެ.
ފަހަކަށް އައިސް ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އަދި ކޮވިޑަށް ފައްސިވާމީހުން ވެސް އެތައް ގުނައަކުން އިތުރެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި، ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون