ކޮވިޑް ބަލީގައި މިއަދުގެ ފަސްވަނަ މަރު، ޖުމްލަ ޢަދަދު 92އަށް!
ކޮވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 63 އަހަރުގެ އަންހެނަކު ރޭ 11:53 ގައި ނިޔާވެފައިވާ ކަމަށެވެ.
އޭނާ ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން ދަނިކޮށް ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
މިއީ މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިގެން ނިޔާވި 92ވަނަ މީހާއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި، ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون
Ads by HDC