ސެލޫނަކުން ބޯ ކޮށައިދިން ގޮތުން ހިތްހަމަނުޖެހިގެން ގުޅީ ފުލުހަށް
ބޯ ކޮށަށް ދާއިރު އަހަރެމެން ކޮންމެ މީހަކު ވެސް ހިތުގައި ވަކި ގޮތަކަށް ބޯ ކޮށަން ކަނޑައަޅައިފައި އޮންނާނެއެވެ. ނުވަތަ ސެލޫނަށް ގޮސްފައި އެތަނުގައި ހުންނަ ސްޓައިލްތައް ފެނި އެތަނުން ސްޓައިލަކަށް ބޯކޮށަން ވެސް ބޭނުން ވެދާނެއެވެ.
ތިމާ ބޭނުންވާ ސްޓައިލް ބޯ ކޮށާ މީހާއަށް ދެއްކުމުން ވެސް ބައެއް ފަހަަރަށް ބޯކޮށާ ނިމޭއިރު ތިމާ ހިތްހަމަ ޖެހޭ ގޮތަކަށް އިސްތަށިގަނޑެއް ނުހުރެއެވެ. ޗައިނާގެ 10 އަހަރުގެ މި ކުއްޖާއަށް ވެސް ވީ މިކަހަލަ ގޮތެކެވެ. އޭނާ ބޯ ކޮށާ ނިންމައިލައިފައި ބަލައިލިއިރު ހުރި ގޮތުން އޭނާ ނުހަނު ހިތްހަމަ ނުޖެހުނެވެ. އަދި ރުޅި އައިސްގެން އޭނާ ގުޅީ ފުލުހަށެވެ.
ޗައިނާގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ބޯކޮށާ މީހާ އެ ކުއްޖާގެ ބޯކޮށާ ނިންމައިލުމުން ލޯގަނޑު ކުރިމަތީގައި ހުރެ އެކި ފަރާތްފަރާތަށް އެނބުރި އޭނާގެ އިސްތަށިގަނޑަށް ބަލަމުން ދިޔައެވެ. އޭރު ވެސް އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ނުރުހުންތެރިކަމެވެ. އިރުކޮޅެއް ފަހުން ރޮއެގަނެފައި އޭނާ ބޮލުގައި އަތް ހާކަން ފެށިއެވެ. އަދި އެކަމާ ނުހަނު ރުޅި އައިސްފައި ހުރެ އޭނާ ފުލުހުންނަށް ގުޅިއެވެ.
ފުލުހުން އެ ތަނަށް ހާޒިރުވުމަށް ފަހު އެއީ ފުލުހުންނާ ބެހޭ މައްސަލައެއް ނޫންކަން އެނގުމުން އެ ކުއްޖާގެ ދައްތަގެ ގާތުގައި އެ ކުއްޖާ މަސަލަސް ކުރުމަށް ބުންޏެވެ.
މި މަންޒަރުތައް ދައްކުވައިދޭ ވީޑިއޯ މިހާރު އާންމުވެފައިވާއިރު ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.