ރިޕޯޓް

ލަވާޒާގެ އިންސާފެއް ނެތް ބަސްތަކުގެ ސަބަބުން ދިވެހީން ވެސް އެ ކޮފީއާ ދުރަށް!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ލަވާޒާ ކޮމްޕެނީން އިސްރާއީލްއާ ބައިވެރިވެ ، ފަލަސްތީނާ މެދު ރުޅިވެރިކަން ފާޅު ކުރުމުން ލަވާޒާ ކޮފީއާ ދުރަށް ދިޔުމަށް އާންމުންގެ ގިނަ ބަޔަކު ނިންމަމުން އެބަދެއެވެ.

Ads by MWSC

ދުނިޔޭގެ އެކިކަންކޮޅުތަކުން ފާޅު ކުރަމުންދާ މި ނިންމުމަށް ދިވެހީންގެ ގިނަ ބަޔަކު ވެސް ވަނީ ތާއީދުކޮށްފައެވެ. މީސްމީޑިއާގެ ގިނަ މަންސަތަކުން ލަވާޒާއަށް ދާން ނިންމި އެތައް ބައެއްގެ ޝުޢޫރުތައް ފެންނަމުން އެބަދެއެވެ.

މި ނިންމުން ހާމަކުރި ރާއްޖޭގެ ކުރީގެ މަޝްހޫރު ގޯލްކީޕަރު އިސްމާޢީލް ޒަރިޔަންދު ބުނެފައި ވަނީ ލަވާޒާކޮފީ އަކީ އޭނާއަށް ވަރަށް ކަމުދާ ކޮފީއެއް ނަމަވެސް އެ ކޮފީއާ ދުރަށް ދާން ނިންމައިފައިވާ ކަމަށެވެ. އެހެން މީހަކު ބުނެފައި ވަނީ ކޮފީއަކަށް ރާއްޖެއިން ލިބެން ހުރީ ހަމައެކަނި ލަވާޒާ ނޫން ކަމަށާއި އެހެން ވައްތަރުގެ ކޮފީތަކުން ވެސް ، ކޮފީގެ ހިތްގައިމުކަން ހޯދިދާނެ ކަމަށެވެ.

ލަވާޒާއިން އެމީހުންގެ ހިތުގައި އޮތް އިންސާފެއް ހަމައެއްލަމައެއް ނެތް ވިސްނުން ހާމަވެގެން ދިޔައީ އާސެނަލްގެ މުސްލިމް މިޑްފީލްޑަރު ، މިސްރުގެ މުޙައްމަދު އެލްނެނީ ފަލަސްތީނަށް ތާއީދާއި ލޯބި އޮތްކަން ހާމަ ކުރުމުންނެވެ. އާސެނަލްގެ ސްޕޮންސަރއެއް ކަމަށްވާ ލަވާޒާއިން އެލްނެނީގެ ވާހަކަތައް ސިފަކޮށްފައި ވަކި އިންސާނީ ޖަމާޢަތެއްގެ ބަޔަކު ޕްރޮމޯޓް ކުރާ ފަދަ ވާހަކައެއްގެ ގޮތުގައެވެ.

ފަލަސްތީނުގެ ބިމަކީ މުސްލިމުންގެ ބިމެކެވެ. ޔަހޫދީން ދަނީ އެ ބިމުން މުސްލިމުން ނެރެ ، ބިންތައް ފޭރެމުންނެވެ. މިހާރު އެ ބިމުގެ ބޮޑު ބަޔަކީ ޔަހޫދީން ފޭރިފައިވާ ބިންތަކެވެ.

Ads by Allied Insurance
  1. ކެލާ ވަޙީދު

    ލަވާޒާ ބޯއީކޮޓްކުރަން ގޮވާލަން. ސަބަބަކީ އެމީހުން އިޒްރޭލުގެ ޓެރަރިޒަމަށް ތާއީދުކުރާތީ.

  2. ާޑރ.ބުއްޅަބޭ

    ލަވާޒާ ބޮއިކޮޓް ކުރަން ތިގޮވަނީ ކިތައްދުވަހަށް،، ބޮއިކްކުރަނިއް ކުރަންވާނެ ރަންގަޅަށް..
    އަދި އަންޑިޔާގެ ކަންގަނާވެސް ބޮއިކޮްކުރަން ފެނޭ…އެއީ ހަރުކަށި ޔަހޫދީ ހިންދޫއެއް

  3. ައިންޝާފު

    އަހަރެން ލަވާޒާނުބޯންނިއްމައިފިން އެއީ ފަލަސްތީނުގެޙައްގުގާ

  4. Shahindhaa

    ޢުމުރުގެ ބާކީ ދުވަސްތަކައް ލަވާޒާ ނުބޯނަން.

  5. ނަރެލް

    ލަވާޒާ ދެން ދުވަހަކުވެސް ބޯކަށް ނެތިން