ޚަބަރު

އިޒްރޭލުން ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަނީ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ރާއްޖެ ހިމެނޭހެން 19 ގައުމަކަށް އިޒްރޭލުން ވެކްސިން ހަދިޔާ ކުރަން ނިންމައިިފިއެވެ.

Ads by MWSC

އިޒްރޭލުގެ "ކަން ނިއުސް"އާ ހަވާލާދީ ބުލޫމްބާގާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިޒްރޭލުން 19 ގައުމަކަށް ހަދިޔާ ކުރަން ނިންމާފައި ވަނީ 1000 އާއި 5000 ޑޯޒްގެ މޮޑާނާ ވެކްސިނެވެ. އެ ވެކްސިން ހަދިޔާ ކުރާ 19 ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ސައިޕްރަސް، މޮރިޓޭނިއާ، ހަންގޭރީ، ހޮންޑިއުރަސް، ގުއާޓެމާލާ، ޗެކް ރިޕަބްލިކް، ސެން މަރީނޯ، އިތިއޯޕިއާ، ޗާޑް، ކެންޔާ އަދި ޔުގަންޑާ އެވެ.

އިޒްރޭލުން މީގެ ކުރިން ބުނެފައި ވަނީ އެގައުމުގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ޖަހައި ނިމުމުން ފަލަސްތީނުގެ ރައްޔިތުންނަށް ވެކްސިން ދޭނެ ކަމަށެވެ. އަދި މިހާރު އެގައުމުގެ ރައްޔިތުންނަށް ވެކްސިން ޖަހައި ނިމުމާއެކު ފަލަސްތީނުގެ ރައްޔިތުންނަށް ވެސް ބާކީ ހުރި ސްޓޮކުން ކޮންމެވެސް ވަރަކަށް ވެކްސިން ދޭން އެ ގައުމުން ވަނީ ނިންމައިފައެވެ. އިޒްރޭލުގެ ވެކްސިން ޕްރޮގްރާމަކީ ދުނިޔޭގެ އެންމެ ކާމިޔާބު ، އެންމެ އަވަހަށް ނަތީޖާ ފެނިގެން ދިޔަ ޕްރޮގްރާމެވެ. އެގައުމުގެ މުޅި އާބާދީހެން ވެކްސިން ޖަހައިފައިވާއިރު މިހާރު އެގައުމުގައި މާސްކު އަޅާކަށް ވެސް ނުޖެހެއެވެ.

އިޒްރޭލުގެ ރައްޔިތުންގެ ޓެކްސް ފައިސާއިން ގަނެފައިވާ ވެކްސިން އެހެން ގައުމުތަކަށް ހަދިޔާ ކުރުމަކީ އެއްވެސް ޒިންމާދާރުކަމެއް ނެތް އަމަލެއް ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓަރު ވަނީ ސިފަކޮށްފައެވެ. އަދި އެއީ ރަސްކަމެއް ހިންގުމުގެ ވިސްނުމުގައި ކުރާ ކަމެއް ކަމަށް ވެސް ޑިފެންސް މިނިސްޓަރު ތުހުމަތު ކުރިއެވެ.

އިޒްރޭލުން ރާއްޖެއަށް ވެކްސިން ހަދިޔާކުރަން ނިންމާފައިވާއިރު މިކަމާ ގުޅިގެން ރާއްޖޭގެ ސަރުކާރުން އެއްވެސް އެއްޗެއް ހާމައެއް ނުކުރެއެވެ. ނަމަވެސް ރޭ އެޗްއީއޯސީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް ޢަޒީޒް ވިދާޅުވީ ވެކްސިން ހޯދުމަށް އިޒްރޭލުގައި ރާއްޖެއިން އެދިފައި ނުވާނެ ކަމަށެވެ.

އިޒްރޭލު ސަރުކާރުން ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ނިންމާފައިވާތީ ރާއްޖޭގެ ގިނަ ބަޔަކު އަންނަނީ މިކަމާ ނުރުހުން ފާޅު ކުރަމުންނެވެ. އަދި މި ދުވަސްވަރަކީ އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ ކުށެއް ނެތް އެތައް ބަޔަކަށް ލާއިންސާނީ ހަމަލާތައް ދެމުން އަންނަ ދުވަސްވަރަކަށް ވާތީ މިކަމާ ރައްޔިތުން އިންތިހާއަށް ކަންބޮޑުވުން ފާޅު ކޮށްފައިވެއެވެެ.

Ads by Allied Insurance
  1. ލޮލް

    ތި ވެކްސިން މި ގައުމުން ބަލައިނުގަތުމަށް ގޮވާލަން.

  2. ޢަސަދު

    ޢިޒްރޭލައް ކަމަކު ރަނގަޅު ކަމެއް ވިއްޔާަ ވާނި ރަނގަަޅު ކަމަކައްް

    • ކިޔާކުއްޖަ

      އިޒުރޭލު މީހުން ގޯސް ކަމެއްކޮއްފިތަ އެވަރުގެ ރަނގަޅުބަޔަކު މިދުނިޔޭގަ މަދުވާނެ ދެން އެންމެ ރަނގަޅީ އެމެރިކާ �

    • ތިބާއަށް ހެޔޮވިސްނުން ދެއްވާށި. !!!

      ތިބާގެ މުސްލިމް އަޚާ މަރާފަ އެލޭން ތަތްތެޅިފަ އޮތް ފޮތިގަނޑުން ތިބާގެ ގައިގެ ދާ ފުހެން ރުހެނީތަ؟

      ތިޔަ ޔަހޫދީ ބައިގަނޑެއް ދުވަހަކުވެސް މުސްލިމަކަށް ހެވެއް ނޭދޭނެ. ވިސްނަވާ!!!

    • ވަނީ

      ތީ އެދުމުން ފޯވެފަތިބި މީހުން

  3. ސަރަފީ

    ބަރާބަރު
    ނަތީޖާ އެވަނީ ނެރެފައި އިޒުރޭލުން
    ކޮން ވާހަކައެއް ދައްކާކަށް
    އެމީހުންގެ އެހީއާ މަދަދު ލޮބެން އޮތް ގޮތަކުން ޖެހޭނެ ހޯދަން

  4. ހަޖަމް

    ނުޖެހޭ އެމީހުންދޭ އެއްވެސް އެއްޗެއް ގަބޫލުކުރާކައް. ލޯބިނުލިބިގެންތަ ތިއުޅެނީ މުސްލިމުން ށަހީދުކުރާއިރުވެސް

  5. އިޒްރޭލުން ދިވެހިންނަށް މަލާމާތެއް ކޮއްލީ

  6. ކިނބޫ

    ތި ރޭވުންތައް ރާވާފަ ދޯ ފަލސްޓީނުގަ ގަތުލުއާންމު ހިންގާތާ ހަފްތާއެއް ފަހުން މާހިތްވަރެއް ކޮށްފަ ޓްވީޓެއް ކޮށްލުމާއި ސިފައިންގޭގަ ދިދަ ނެގީ.
    ޔަހޫދީންގެ ކޮންމެ ކަމެއްގަ ހީލަތާއި މަކަރު.
    ޔަހޫދީން ހަލާކު ކުރައްވާށި!