ބައިޑަންގެ ސަރުކާރުން އިޒްރޭލަށް 735 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކައިފި
އިޒްރޭލުގެ ޔަހޫދީ ސިފައިން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދީ، އެތައް ބައިވަރު މުސްލިމުންގެ ޝަހީދު ކުރަމުންދާ ދަނޑިވަޅެއްގައި، އެމެރިކާއިން އިޒްރޭލަށް 735 މިލިއަން ޑޮލަރުގެ އަގުހުރި ހަތިޔާރު ވިއްކައިފިއެވެ.
އެމެރިކާއިން އިޒްރޭލަށް ހަތިޔާރު ވިއްކަން ނިންމާފައިވާކަން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިހަށް އެންގުމުން، އެ މަޖިލިހުގެ ބައެއް މެމްބަރުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އިޒްރޭލާއެކު އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ އެމެރިކާގެ ސަރުކާރުން ވަނީ ހަތިޔާރު ވިއްކަން ނިންމިކަމުގެ ތަފްޞީލުތައް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް މި މަހުގެ 5ވަނަ ދުވަހު އަންގައިފައެވެ. އެކަން ހިނގައިފައި ވަނީ އިޒްރޭލުން ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޤުދުސާއި މަސްޖިދުލް އަޤްޞާގައި މުސްލިމުންނާ ދެކޮޅަށް ޢުދުވާންތަކެއް ހިންގަމުން ދަނިކޮށެވެ. ނަމަވެސް އޭރު އަދި ފަލަސްތީނުގެ ރައްޔިތުންގެ ދިފާޢުގައި އެ ޤައުމުގެ މުޖާހިދުން އިސްރާއީލަށް ރޮކެޓު ޙަމަލާތަކެއް ދޭކަށް ނުފަށައެވެ.
ފަލަސްތީނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުމުގައި އެމެރިކާއިން މީގެ ކުރިން ހުރީ އިޒްރޭލާއި އެއްކޮޅަށެވެ. އަދި އިޒްރޭލުން އަމިއްލަ ޤައުމު ދިފާޢު ކުރަން ޖެހޭނެކަމަށް ޤަބޫލު ކުރެވޭ ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް މިފަދަ ދުވަސްކޮޅެއްގައި ވޮޝިންގްޓަނުން އިޒްރޭލަށް ހަތިޔާރު ވިއްކަން ނިންމުމުން، އެ ޤައުމުގެ ޤާނޫނުހަދާ މަޖިލިހުގެ ބައެއް މެމްބަރުން ވަނީ ނުރުހުން ފާޅުކޮށް، ނަތަންޔާހޫއަށް ސަޕޯޓު ކުރުމުގައި ގެންގުޅޭ އުސޫލުތަކާ މެދު ސުވާލު އުފައްދައިފައެވެ. އަދި ހަތިޔާރު ވިއްކަން ހުށަހަޅައި، ނިންމި ނިންމުމުގެ ތަފްސީލު ދިނުމަށް ވެސް އެ މެމްބަރުން ވަނީ އެދިފައެވެ.
ބައިޑަން އަށް ހަލާކު ހުރި
ޢެބުނާ އަޔަން ޑޯމެއް ހުސްވެގެން ރީލޯޑް ކުރަން ތޯއްޗެ.
އަޅުގެވެރި ރަސްކަލާކޮ! ނަތަންޔާހޫ އާއި އޭނާ އަށް ވާގިވެރިވާ މީހުން ހަލަާކު ކުރައްވާށި. އާމީން
އާމީން