ގައްދޫ ޒާހިރު އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު) އަވަހާރަވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ގައްދޫ ޒާހިރު އަވަހާރަވީ މީގެ ކުޑައިރުކޮޅެއް ކުރިން، މާލޭގައެވެ.
ގައްދޫ ޒާހިރު އަވަހާރަވީ ކޮވިޑް-19 އަށް ފައްސިވެ، ފަރުވާ ހޯއްދެވި ފަހުން ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެމަނިކުފާނު އަވަހާރަވީ ގޭގައި ހުންނަވަނިކޮށް ކަމަށް އާއިލާއިން މައުލޫމާތު ދެއްވައެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون