ކޮވިޑް19: އިތުރު މީހަކު ނިޔާވެއްޖެ، އަދަދު 102އަށް

ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މިރޭ ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައި ވަނީ މިރޭ އައިޖީއެމްއެޗްގެ އެމަޖެންސީއަށް ގެނެވުނު އުމުރުން 74 އަހަރުގެ ފިރިހެން ނިޔާވެފައިވާ ކަމަށާއި އޭނާ ނިޔާވީ މިރޭ 10:00 ގައި ކަމަށެވެ.
މިއީ ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި 102 ވަނަ މީހާއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون