މެދުއިރުމަތި ދުނިޔެ

އިމާރާތުގެ ދަށުން ނެގި 6 އަހަރުގެ ސުޒީގެ ބައްޕަގެ އަސަރުން ފުރިގެންވާ މެސެޖު: "ބައްޕައަށް މާފު ކުރޭ"

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ރިޔާދު އޭނާގެ ލޯބިވާ ދަރިފުޅުގެ އަތުގައި ބޮސް ދެނީ

މިއީ އާދީއްތަ ދުވަހު އިޒްރޭލުން ފަލަސްތީނަށް ދިން ހަމަލާތަކުގައި ފުނޑުފުނޑުވެ ބިމާ ހަމަވި އިމާރާތެއްގެ ދަށުން ސަލާމަތްވި 6 އަހަރުގެ ކުޑަ ކުއްޖެކެވެ. އިޒްރޭލުގެ ސިފައިންގެ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ކުޑަކުދިންނާއި އާއިލާތަކަށް ލިބޭނެ ނިކަމެތިކަން ތަސައްވަރު ކޮށްލަބަލާށެވެ.

Ads by Sosun Fihaara

ފަލަސްތީނުގެ ޣާޒާގައި ހަރަކާތްތެރިވާ ފޮޓޯ ޖާނަލިސްޓުް ވަނީ ސުޒީ ސަލާމަތްކުރާ މަންޒަރު ދައްކުވައިދޭ ގިނަ ފޮޓޯތަކެއް ނަގައިފައެވެ. އިމާރާތުގެ ދަށުން ސުޒީ ސަލާމަތް ކުރުމަށް ޓަކައި 7 ގަޑިއިރު ހޭދަވި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ. އަދި ސުޒީ ސަލާމަތްވީ އިރު އޭނާގެ މޫނުން ދިޔައީ ލޭ އޮހޮރެމުންނެވެ. މުޅި ގައިގައި އޮތީ ކިލައާއި ހިރަފުހެވެ. ސުޒީ ސަލާމަތް ކުރެވުމާއެކު އެމްބިއުލޭންސްގައި އޭނާ ހޮސްޕިޓަލަށް ގެންދެވުނެވެ.

ކުޑަކުޑާ ސުޒީ އިމާރާތުގެ ދަށުން ނަގައިގެން އެމްބިއުލޭންސްއަށް އަރުވަން ގެންދަނީ

ހޮސްޕިޓަލުން އޭނާއާ ބައްދަލުވީ ޒަހަމްތަކަށް ފަރުވާ ހޯދަމުން ދިޔަ އޭނާގެ ލޯބިވާ ބައްޕަ ރިޔާދުއާއެވެ.

"ދަރިފުޅާ ބައްޕައަށް މާފު ކުރޭ" ރިޔާދުއާ ޖެހިގެން އޮތް އެނދުގައި އޭނާގެ ލޯބިވާ ދަރިފުޅު ބޭއްވުމުން ބޭއިޚްތިޔާރުގައި އޭނާއަށް މަޢާފަށް އެދެވުނެވެ.

"ދަރިފުޅު ސަލާމަތަށް އެދި ހަޅޭއްލެވި. ބައްޕަގެ ގާތުގައި ދަރިފުޅު ކައިރިއަށް އައުމަށް އެދުނު އެކަމަކު ބައްޕައަކަށް ނުދެވުނު" އަސަރުން ފުރިގެންވާ ހާލު އަމިއްލަ ނަފްސު ކުށްވެރިކޮށް ރިޔާދު ބުންޏެވެ.

ސުޒީގެ އާއިލާގައި ހިމެނޭ އެއްބަނޑު އެއްބަފާ ހަތަރު ކުދިންނާއި އޭނާގެ މަންމަ ވެސް ވަނީ އިޒްރޭލުގެ ލާއިންސާނީ ރަހުމުކުޑަ ހަމަލާތަކުގައި ޝަހީދުވެފައެެވެ. އޭގެ ތެރޭގައި އޭނާގެ 4 އަހަރުގެ ފިރިހެން ކޮއްކޮ ވެސް ހިމެނެއެވެ.

ސުޒީއަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ، ސުޒީއަށް ސީރިއަސް އަނިޔާތަކެއް ނުލިބޭ

ސުޒީ އާއި އޭނާގެ އާއިލާ ޣައްޒާގައި ދިރިއުޅެމުން އައި ސަރަހައްދަށް އިޒްރޭލުގެ ސިފައިން ވަނީ ގިނަ ހަމަލާތަކެއް ދީފައެވެ. އެތަނުން ތިން އިމާރާތް ވަނީ ބިމާ ހަމަވެފައެވެ. އަދި އެހަމަލާގައި 42 މީހުން ޝަހީދުވިއިރު އޭގެ ތެރޭގައި 10 ކުޑަކުދިންނާއި 16 އަންހެނުން ހިމެނެއެވެ.

ސުޒީ އާއި އޭނާގެ ބައްޕަ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ ވަގުތު ވެއިޓިން އޭރިއާގައި ތިބި އެމީހުންގެ އާއިލާއަށް ލިބުނީ މާ ހިތާމަވެރި ހަބަރެކެވެ. އެ ޚަބަރަކީ ސުޒީގެ ހަތަރު އަހަރުގެ ކޮއްކޮ ޔަހްޔާ ޝަހީދުވި ކަމުގެ ޚަބަރެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އެތަނަށް އިތުރު އަންހެން ކުއްޖަކު ވެސް ގެނެވުނު ކަމަށާއި އެއީ ވެސް ސުޒީގެ އެއްބަނޑު އެއްބަފާ ކުއްޖެއް ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

"ދާނ، ދާނާ، ދާނާ، އާރ ޔޫ އޯކޭ؟" އާއިލާގެ މީހުން ހާސްކަމާއި ކަންބޮޑުވުމާއެކު އެ އަންހެން ކުއްޖާގެ ގާތުގައި ސުވާލު ކުރަމުން ދިޔައެވެ. ނަމަވެސް ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ ކުޑަކުޑަ މައުސޫމް ފުރާނަ ވެސް ﷲގެ ތަނަވަސް ރަހްމަތަަށް ވަނީ ދަތުރު ކޮށްފައެވެ.

އާއިލާއަށް ލިބުނު ކުޑަ ނަމަވެސް ހިތްހަމަ ޖެހުމަކީ ސުޒީ ސަލާމަތް ވުމެވެ. ސުޒީއަށް އެއްވެސް ސީރިއަސް ހަމަލާއެއް ލިބިފައި ނުވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ރޮއިޓާސްއާ ވާހަކަ ދައްކަމުން ސުޒީގެ ބައްޕަ ބުނީ އޭނާގެ ދަރިން އޭނާ ބޭތިއްބީ ރައްކާތެރި ކޮޓަރިއެއްގައި ކަމަށެވެ. ނަމަވެސް އަލިފާނާއެކު އައި މިސައިލެއް ގޭގެ ފާރުތައް ފޫ އަޅުވާލީއެވެ. އެ ވަގުތު ދަރީން ސަލާމަތްތެރިކަމާއެކު ތިބިތޯ ބަލަން ސުޒީ އާއި އޭނާގެ އަންހެނުން އަވަސްވެގަތެވެ. ނަމަވެސް އެ ކުޑަވަގުތުކޮޅުގެ ތެރޭގައި އައި ދެވަނަ ހަމަލާގައި ގޭގެ ސީލިންގ ފުނޑުފުނޑުވިއެވެ. އެވަގުތު ރިޔާދުގެ ފިރިހެން ދަރިފުޅު "ބައްޕާއޭ" ކިޔައި ގޮވާ އަޑު އޭނާއަށް އިވެއެވެ. ނަމަވެސް ހައްޔަރުވެފައި ހުރުމުން ރިޔާދަށް އޭނާގެ ދަރިންނާ ހިސާބަށް ދެވޭ ގޮތެއް ނުވިއެވެ.

ޒަހަމްތަކާއެކު ބޮލުގައި ބެންޑޭޖެއް އަޅައިގެން ހޮސްޕިޓަލުގައި އޮތް ރިޔާދު ވަނީ އެ ވާހަކަތައް ރޮއިޓާސްއާ ހިއްސާ ކޮށްފައެވެ. އެއަށްފަހު ކުޑަކުޑަ ސުޒީގެ އަތުގައި އޭނާ ބޮސްދިނެވެ.

އިޒްރޭލުގެ ވައިގެ ހަމަލާތަކުން ފަލަސްީނުގެ 213 މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 61 ކުޑަކުދިން ހިމެނެއެވެ. އަދި މި ހަމަލާތައް ފެށުނުތާ 7 ދުވަސް ތެރޭގައި 1500 މީހުން ޒަހަމްވެފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ހާމަ ކުރެއެވެ.

Ads by Ooredoo
  1. ފާތުން

    ޔާﷲ ފަލަސްތީނަށް ނަސްރު ދެއްވާންދޭންާ އާމީން ��

  2. ޔޔޔކ

    ޔާﷲ

  3. ސިފަަޒު

    ޔާﷲ ފަލަސްތީނަށް ނަސްރު ދެއްވާންދޭންާ އާމީން ��