ޚަބަރު

ސްޓެލްކޯގެ ބޮޑު ޓީވީއަށް ފަލަސްތީނު ދިދަ އަރުވައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ބޮޑުތަކުުރުފާނު މަގަށް ވާ ގޮތަށް ހުންނަ ސްޓެލްކޯގެ ބޮޑު ޓީވީގައި ފަލަސްތީނުގެ ދިދަ ދައްކާލައިފިއެވެ.

Ads by Hajj Corporation

ސްޓެލްކޯއިން ވަނީ މިކަމާ ގުޅިގެން ޓްވީޓެއް ވެސް ކޮށްފައެވެ. އެ ޓްވީޓްގައި ލިޔެފައި ވަނީ "ފްރީ ފަލަސްތީން" މިހެންނެވެ. އަދި މިހާރު ސްޓެލްކޯގެ ސްކްރީންގައި އަޅުވައިފައިވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އެ ޓްވީޓްގައި ވަނީ ހިއްސާ ކޮށްފައެވެ.

 

ސްޓެލްކޯގެ ސްކްރީންގައި ފަލަސްތީނުގެ ދިދަ އަޅުވައިފައިވާއިރު ސިފައިންގެ ހެޑް ކުއާޓާސް ބަންޑާރަ ކޮށީގައި މާލޭގެ މަލަމައްޗަށް ވާ ގޮތަށް ހުންނަ ބޮޑު ސްކްރީނުގައި ވެސް ވަނީ ފަަލަސްތީނު ދިދަ އަޅުވައިފައެވެ.

ގިނަ އަދަދެއްގެ ދިވެހީން އަންނަނީ އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ލާއިންސާނީ، ރަހުމުކުޑަ ހަމަލާތަކާ ދެކޮޅަށް އަޑު އުފުލަން ފަށައިފައެވެ. އެގޮތުން މިއަދު ހަވީރު ވަނީ "ފްރީ ފަލަސްތީން"ގެ ނަމުގައި ހަރަކާތެއް ވެސް ބާއްވާފައެވެ. އެ ހަރަކާތުގައި ގޭގޭގެ ބެލްކަނީތަކަށް ފަލަސްތީނުގެ ދިދަ ހިފައިގެން ގިނަ ބަޔަކު ވަނީ ނުކުމެ އަޑު އުފުލައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!