ކޮވިޑް-19 ޖެހިގެން ރާއްޖެއިން 105ވަނަ މީހާ ނިޔާވެއްޖެ
ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދިޔަ އިތުރު މީހަކު ރާއްޖެއިން ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައި ވަނީ 66 އަހަރުގެ އަންހެނެކެވެ. އޭނާއަށް ފަރުވާދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައެވެ.
މިއީ މިއަދު ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި 2 ވަނަ މީހާއެވެ. އަދި މުޅިއެކު 105 މީހުން މި ބަލީގައި ރާއްޖެއިން މިހާރު ދުނިޔެ ދޫކޮށްފައިވެއެވެ.
ރާއްޖޭގައި ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި އުޅެނީ ހާހުން މަތީގައެވެ. އަދި ބަލި ޖެހޭ މީހުންގެ ތެރޭގައި ކުޑަކުދިންނާއި މާބަނޑު އަންހެނުން ވެސް ހިމެނެއެވެ.
Ads by Allied Insurance