ވިޔަފާރި

އުރީދޫ އެމްފައިސާ ބޭނުންކުރައްވާ ބޭފުޅުންނަށް ޚާއްސަ ހަދިޔާއެއް ލިބޭ ޕްރޮމޯޝަނެއް!

މުޙައްމަދު ޝިފާއު

ބިލުތައް ދެއްކުމުގައާއި ވިޔަފާރިކުރުމުގައި ގައިދުރުކަން އިސްކޮށް ޑިޖިޓަލް ޚިދުމަތްތައް ބޭނުންކުރުމުގެ ބޭނުމުގައި އުރީދޫން ޑިޖިޓަލްކޮށް ޕޭމަންޓް ހެދުމަށް ގިނަ މީހުން އަހުލުވެރިކުރުމަށް އުރީދޫ މޯލްޑިވްސްގެ އެމް-ފައިސާއަށް ރެޖިސްޓަރކޮށް ޚިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ޚާއްޞަ ހަދިޔާއެއް ލިބޭ ޕްރޮމޯޝަންއެއް އުރީދޫން މިއަދު ފަށައިފިއެއެވެ.

މި ޕްރޮމޯޝަންގެ ދަށުން އެމް-ފައިސާގެ ރެޖިސްޓްރޭޝަން ފުރިހަމަކޮށް 500 ރުފިޔާ ކޭޝް-އިން ކުރައްވާ ފަރާތްތަކުގެ އެމް-ފައިސާ ވޮލެޓަށް 50 ރުފިޔާ ޖަމާވެގެންދާނެ ކަމަށާއި، އަދި އަލަށް ރެޖިސްޓްރޭޝަން ފުރިހަމަކުރާފަރާތްތަކުގެ ތެރެއިން އެމް-ފައިސާ މެދުވެރިކޮށް 500ރއަށް ވުރެ މަތިން ޔުޓިލިޓީ ބިލްދައްކަވާ ކަސްޓަމަރުންގެ ވޮލެޓަށް 25ރ ޖަމާވެގެންދާނެ ކަމަށް އުރީދޫން ނެރުނު ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އުރީދޫ އެމް-ފައިސާއަކީ ކޮންމެ ތަނަކުން، އަދި ކޮންމެ ވަގުތެއްގައި ވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އަކަށް ވާއިރު، މިއީ ކަރަންޓު، ފެން ފަދަ އެންމެ ގިނަ ޔޫޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކެވުމަށް ވެސް ރާއްޖޭގައި ބޭނުންކުރެވޭ ޑިޖިޓަލް ޕްލެޓްފޯމެއް ކަމަށް އުރީދޫން ފާހަގަ ކުރެއެވެ. މީގެ ތެރޭގައި އުރީދޫ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް، މޯލްޑިވް ގޭސް އަދި ވިލާ ގޭސް ފަދަ ގިނަ ކުންފުނިތަކެއް ހިމެނޭ ކަމަށް ވެސް އުރީދޫން ވަނީ ވިދާޅުވެފައެވެ.

އެމް-ފައިސާ ރެޖިސްޓްރޭޝަން ފުރިހަމަ ކުރެއްވުމަށް:

  1. އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރެޖިސްޓަރ ކުރައްވާ
  2. އަޕްގްރޭޑް އަށް ފިތާލައްވާ
  3. މައުލޫމާތު ފުރާލުމަށްފަހު އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ، ޕާސްޕޯޓް ކޮޕީ ނުވަތަ ވޯކް ޕަރމިޓް ކޮޕީ އަޕްލޯޑް ކުރެއްވުމަށްފަހު ސަބްމިޓްކޮށްލައްވާ.

އެމް-ފައިސާ އަށް އަލަށް ބޭނުންކުރައްވާ ކަސްޓަމަރުން ރެޖިސްޓަރކުރުމަށް:

  1. އުރީދޫ އެޕް ޑައުންލޯޑްކުރައްވާ  http://ore.do/app
  2. އެމް-ފައިސާ ޚިޔާރުކުރެއްވުމަށްފަހު ރެޖިސްޓްރޭޝަންއަށް ފިތާލައްވާ
  3. މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު، އެކައުންޓް އެކްޓިވޭޓް ކުރެއްވުމަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖައްސަވާ
  4. މޮބައިލް ނަންބަރު ޖެއްސެވުމަށްފަހު ހަތަރު އަކުރުގެ ޕިން ނަންބަރެއްޖައްސަވާ
  5. ދެވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެއްސެވުމަށްފަހު ކުރިން ޖެއްސެވި ޕިން ނަންބަރު ޖައްސަވާ
  6. ފޯނަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖެއްސެވުމަށްފަހު ރެޖިސްޓްރޭޝަން ފުރިހަމަ ކުރައްވާ.

އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް މޮބައިލް ފޯން ބޭނުންކުރައްވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ގާތް ތިމާގެ ބޭފުޅުންނަށް ފައިސާ ފޮނުއްވާ، އުރީދޫ ޕްރީޕެއިޑް އެކައުންޓް ރީޗާރޖް ކުރައްވާ، ތަފާތު ވިޔަފާރި ކުރެއްވުމުގެ އިތުރުން، ބިލްވެސް ދެއްކެވޭނެ ކަމަށް އުރީދޫން ވިދާޅުވިއެވެ. އެގޮތުން، މޮބައިލް ފޯނު ބޭނުންކުރަށްވާ އެންމެހާ ބޭފުޅުންނަށް ވެސް، ހުރިހާ ޔޫޓިލިޓީ ބިލްތަކެއް އެންމެ ފަސޭހަކަމާއި އެކު އެމް-ފައިސާ މެދުވެރިކޮށް ދައްކާލެވޭނެ ކަމަށާއި، ބީ.އެމް.އެލް، އެސް.ބީ.އައި، އެމް.އައި.ބީ އިންޓަރނެޓް ބޭންކިންގ އަދި އެމް-ފައިސާ އޭޖަންޓްސް މެދުވެރިކޮށް އެމް ފައިސާ ޑިޖިޓަލް ވޮލެޓްއަށް ފައިސާ ޖަމާކުރެއްވޭނެ ކަމަށް ވެސް އުރީދޫން ފާހަގަ ކުރިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!