ޚަބަރު

ކޮވިޑް-19: މިމަހުގެ މިހައިތަނަށް 39 މަރު، 64% މީހުން ވެކްސިން ނުޖަހާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މި ހިނގާ މެއި މަހުގެ މިހާތަނަށް 39 މީހުން ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވެފައިވާ ކަމަށާއި އޭގެތެރެއިން 64% މީހުން މި ބަލިން ދިފާއުވާން ވެކްސިންގެ އެންމެ ޑޯޒެއް ވެސް ފުރިހަމަ ކޮށްފައިނުވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ މި މަހު ރެކޯޑް އަދަދަކަށް ކޮވިޑްގެ ބަލި މީހުން ނިޔާވެފައިވާއިރު އޭގެ ތެރެއިން ގިނަ މީހުން ކޮވިޑް ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައިނުވާ ކަމަށެވެ.

"މި މަހު ނިޔާވި 39 މީހުންގެ ތެރެއިން 64 ޕަސެންޓް މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ. ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވަނީ 24 ޕަސެންޓް މީހުން. ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް ބަލަނީ ފުރަތަމަ ޑޯޒް ޖަހާތާ 14 ދުވަސް ވެފައިވުން" ޑރ. ނަޒްލާ މުސްތަފާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، ނިޔާވި މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 12 ޕަސެންޓް މީހުންނެވެ.

މީގެއިތުރުން ޑރ. ނަޒްލާ ވިދާޅުވީ ނިޔާވި މީހުންގެ ތެރެއިން 80 ޕަސެންޓް މީހުންނަކީ އުމުރުން ދުވަސްވީ މީހުން ކަމަށާއި 17 ޕަސެންޓް މީހުންނަކީ 60 އަހަރުން ދަށުގެ މީހުން ކަމަށެވެ.

Ads by Ooredoo
  1. ށަމީރު

    ޥެކުސިންކޮޅުު ބަންގާޅީންް ނައްޖެހީމަަ ދެންދިވެހުންް ޖަހާނީީ ކިހިނެއް