މެދުއިރުމަތި ދުނިޔެ

ހަމަލާތައް ހުއްޓައިލާ ވަގުތު ކުޑަތަންވެފައި ވަނިކޮށް އިސްރާއީލުން ޣައްޒާއަށް ހަމަލާދީފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓައިލުމަށް އެއްބަސްވެފައިވާ ވަގުތު ކުޑަތަންވެފައި އޮއްވާ، އިސްރާއީލުން ޣައްޒާއަށް ހަމަލާއެއް ދީފިއެވެ.

Ads by Sosun Fihaara

މިޞްރު ބައިވެރިޔަކަށް އޮވެ، ހަމާސް ޖަމާއަތާއި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުށް ފަލަސްތީނުގެ ގަޑިން މެންދަމު 2 ޖަހާއިރު ހަމަލާ ބަދަލު ކުރުން ހުއްޓައިލާން ވަނީ ނިންމާފައެވެ. އެއީ ރާއްޖޭ ގަޑިން ފަތިހު 4 ޖަހާއިރެވެ.

ޣައްޒާގެ ޚަބަރުތައް ގެނެސްދޭ މީޑިއާއެއް ކަމަށްވާ ޤުދުސް ނެޓްވޯކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުން މިރޭ ރާއްޖޭ ގަޑިން 3:55 ހާއިރު އިސްރާއީލުން ޣައްޒާގެ މެދުގައިވާ އަވަށަކަށް ބޮން އަޅައިފައިވާ ކަމަށެވެ.

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް 232 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި 65 ކުޑަކުދިން ވެސް ހިމެނެއެވެ. އަދި މި ހަމަލާތަކުގައި 1،600 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ހަމާސް ޖަމާޢަތުން ދިން ބަދަލު ހަމަލާތަކުގައި އިސްރާއީލުގެ 12 މީހަކު ވަނީ މަރައިލާފައެވެ. އެޖަމާއަތުން އިސްރާއީލަށް 4،000އަށް ވުރެ ގިނަ ރޮކެޓް ހަމަލާ ދީފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!